ކ. މާލެ
|
3 އޮކްޓޯބަރ 2024 | ބުރާސްފަތި 09:19
ބާސެލޯނާ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ރަފީނިއާ އަދި އެ ޓީމުގެ ކޯޗު ހަންސީ ފްލިކް
ބާސެލޯނާ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ރަފީނިއާ އަދި އެ ޓީމުގެ ކޯޗު ހަންސީ ފްލިކް
ރޮއިޓާސް
ބާސެލޯނާ
ރަފީނިއާ އަށް ފްލިކްގެ އިތުބާރު އޮވޭ
ޚާއްސަކޮށް ރަފީނިއާ އަކީ ފެންވަރު ރަނގަޅު، ހުނަރުވެރި އަދި މޮޅު ކުޅުންތެރިޔެއްކަން ވެސް އިނގޭ ކަމަށް ފްލިކް ވަނީ ބުނެފަ އެވެ.

ބާސެލޯނާ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ރަފީނިއާ އަށް އަބަދު ވެސް ފުރިހަމަ އިތުބާރު އޮންނަ ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

އޭނާ މިހެން ބުނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އިން ޔަންގު ބޯއީސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެވެ. އެ މެޗުގައި ރަފީނިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު، އޭނާ ވަނީ މެޗުގައި ލަނޑެއް ޖަހައި، އަނެއް ލަނޑު ޖެހުމަށް އެހީތެރިވެދީފަ އެވެ.

އެ މެޗަށްފަހު ފްލިކް ބުނީ، ބާސެލޯނާގެ ކޯޗުކަމާ އޭނާ ހަވާލުވުމުގެ ކުރިން ވެސް ރަފީނިއާ އެނގޭ ކަމަށެވެ. ޚާއްސަކޮށް ރަފީނިއާ އަކީ ފެންވަރު ރަނގަޅު، ހުނަރުވެރި އަދި މޮޅު ކުޅުންތެރިޔެއްކަން ވެސް އިނގޭ ކަމަށް ފްލިކް ވަނީ ބުނެފަ އެވެ. ހަމަ އެއާއެކު، މިވަގުތު ރަފީނިއާ ހުރީ އަމިއްލަ ނަފުސަށް ވެސް ވަރަށް ބޮޑު އިތުބާރެއްގައި ކަަމަށާއި، ބާސެލޯނާ އަށް ރަފީނިއާ އަކީ މުހިންމު ކުޅުންތެރިޔެއްކަން އެންމެނަށް ވެސް އިނގޭނެ ކަމަސް ވެސް ފްލިކް ބުންޏެވެ. އަދި ބާސެލޯނާގައި އޭނާ ބޭނުން ވަނީ ރަފީނިއާ ކަހަލަ ކުޅުންތެރިން ކަމަށް ޗެސް ފްލިކް ވަނީ ބުނެފަ އެވެ.

ލީޑްސް ޔުނައިޓެޑުގައި ހުރުމަށްފަހު ރަފީނިއާ ބާސެލޯނާ އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައި ވަނީ ވެސް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ ކުލަބަށް ބަދަލުވީ ފަހުން ރަފީނިއާ އަންނަނީ އެ ކުލަބުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. މިހާރު ބާސެލޯނާގައި ރަފީނިއާ ހޭދަކުރަމުން ދަނީ އޭނާގެ ތިން ވަނަ ސީޒަނެވެ. މިހާތަނަށް އެ ކުލަބަށް ކުޅެދިން 97 މެޗުގައި 26 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ ސްޕެނިޝް ލީގުގެ އިތުރުން، ސްޕެނިޝް ސުޕަ ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް