ކ. މާލެ
|
2 އޮކްޓޯބަރ 2024 | ބުދަ 13:24
ފުލުހުންގެ މައި އިދާރާ
ފުލުހުންގެ މައި އިދާރާ
ރާއްޖެއެމްވީ
ރަހީނުކުރުން
ކުޑަކުއްޖަކު ރަހީނުކުރި މައްސަލައެއް ބަލަނީ
ފުލުހުން ބުނީ، އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް
ރަހީނުކޮށްގެން ތަނަކަށް ގެންގޮސް އޭނާ ބަރަހަނާކޮށް ބްލެކްމެއިލް ކޮށްފައިވާކަމަށް އޭނާގެ އާއިލާ މީހަކު ބުނެފައިވޭ

ކުޑަކުއްޖަކު ރަހީނުކުރި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.

ލ އަތޮޅު ރަށެއްގައި ފިރިހެން ކުއްޖަކު ގޭގައި ހުއްޓައި ސްކޫލުގެ އެހެން ކުދިންތަކެއް ވެގެން އޭނާ ގެއިން ނެރެ، ރަހީނުކޮށްގެން ތަނަކަށް ގެންގޮސް އޭނާ ބަރަހަނާކޮށް ބްލެކްމެއިލް ކޮށްފައިވާކަމަށް އޭނާގެ އާއިލާ މީހަކު ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުން ބުނީ، އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މިކަމާ ގުޅޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް