އަނިޔާވެރިކަން އިސްކުރި ވަރަކަށް ރައްޔިތުންގެ މެދުގައި މަޤްބޫލުކަން ގެއްލުން ނޫން ކަމެއް ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ސުވާލަކީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަހުމަދު އަބްދުﷲ ވިދާޅުވީ، މި ސަރުކާރު ސިފަ ކުރެވެނީ ހުންގާނެއް ނެތް އޮޑިއެއްގެ ގޮތުގައި ކަމަށެވެ.
އަޅުގަނޑަށް ފެންނަނީ އެއްވެސް، އަނެއްހެން ކިޔާ ގޮތުން ނަމަ ހުންގާނު ނެތް އޮޑިއެއް ކަނޑު މެދަށް ދޫކޮށްލީމާ ދާނެ ގޮތް، މިއަދުގެ ސަރުކާރާ ދޭތެރޭގައި އަޅުގަނޑަށް އެންމެ ބޮޑަށް ބުނަން ފަސޭހަ އެއް ވާހަކައަކީބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ
އެހެން ދެކިލައްވާ ސަބަބުތަކަށް އަލިއަޅުވާލައްވާ އޭނާ ވިދާޅުވީ، މި ސަރުކާރުގައި ހިންގުމުގެ ތަޖުރިބާއާއި، ކަންކަން ކުރުމުގެ ވައްޓަފާޅިއެއް ނެތް ކަމަށާއި، އެންމެ ކުޑަމިނުން ބަސް ޤަބޫލުކޮށް ނަސޭހަތް އަޑުއެހުމުގެ ވިސްނުމެއްވެސް ނެތް ކަމަށެވެ.
އޭގެ އިތުރުން، ގަދަ ބާރުން ކަންކަން ކުރާ އުސޫލަކީ މި ޒަމާނުގައި ބަލައިގަންނަ އުސޫލެއް ނޫންކަން ފާހަގަ ކުރައްވައި އަހުމަދު އަބްދުﷲ ވިދާޅުވީ، ހުދުމުހުތާރު ސިފަތަކަކީ މިއަދު ބަލައިގަނެވޭ އަދި ތަރުހީބު ލިބޭ ސިފައެއް ނޫން ކަމަށެވެ.
ހަމައެއާއެކު، އަނިޔާވެރިކަމަށް އާނބަސް ބުނެގެން މިއަދު ރައްޔިތުން ނުތިބޭނެކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އަނިޔާވެރިކަން އިސްކުރި ވަރަކަށް ރައްޔިތުންގެ މެދުގައި މަޤްބޫލުކަން ގެއްލުން ނޫން ކަމެއް ނުވާނެ ކަމަށެވެ. އެގޮތުން ދަތި އުނދަގޫ ޙާލަތަށް ޤައުމު ގޮސް، ރައްޔިތުންނަށް ދަތިވާނަމަ އޭގެ އުނދަގޫ ރައްޔިތުންނަށް ކުރިމަތިވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުން ކަރަންޓު ބިލާއި ފެން ބިލު ބޮޑުވުމުގެ މައްސަލައަށް އޭނާ އަލިއަޅުވާލެއްވިއެވެ.
ކަންކަން އެހެން ހުރުމާއެކު މި ސަރުކާރާމެދު ރައްޔިތުންގެ ކަންބޮޑުވުން ބޮޑުކަމަށްވެސް އޭނާ ވިދާޅުވިއެވެ.