ކ. މާލެ
|
29 ސެޕްޓެންބަރ 2024 | އާދީއްތަ 09:53
އޮސަސޫނާ އާއި ބާސެލޯނާ ކުޅުނު މެޗުގެ ތެރެއިން
އޮސަސޫނާ އާއި ބާސެލޯނާ ކުޅުނު މެޗުގެ ތެރެއިން
ރޮއިޓަސް
ސްޕެނިޝް ލީގު
ހަތް މެޗަށްފަހު ބާސެލޯނާ ބަލިވެއްޖެ
މެޗުން ބަލިވި ނަމަވެސް، އެއް ވަނައިގައި ބާސެލޯނާ އޮތީ ހަތަރު ޕޮއިންޓިގެ ލީޑަކުންނެވެ.

ސްޕެނިޝް ލީގުގައި ހަތް މެޗުން މޮޅުވުމަށްފަހު، ކުޅުނު އަށް ވަނަ މެޗުން ބާސެލޯނާ ބަލިވެއްޖެ އެވެ.

އޮސަސޫނާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބާސެލޯނާ ބަލިވީ 4-2 އިންނެވެ. އެ މެޗާ ކުރިމަތިލީއިރު، ލީގުގައި ކުރިން ކުޅުނު ހަތް މެޗުން ވެސް މޮޅުވެ، ބާސެލޯނާ އޮތީ ވެސް އެއް ވަނައިގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އޮސަސޫނާ އިން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. މެޗުގެ 18 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ އަންޓޭ ބުޑިިމީރް އެވެ. އޭގެ ފަހުން މެޗުގެ 28 ވަނަ މިނެޓުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި، ލީޑު ފުޅާ ކޮށްދިނީ ބްރަޔާން ޒަރަގޯޒާ އެވެ.

ދެ ވަނަ ހާފު ފަށައިގެން އަށް މިނެޓުގައި ބާސެލޯނާ އިން ލަނޑެއް ޖަހައި ފަރަގު ކުޑަ ކުރި އެވެ. އެއީ ޖެރާޑް މާޓިން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕައު ވިކްޓޯ ޖެހި ލަނޑެކެވެ. ނަމަވެސް، މެޗުގެ 72 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ބުޑިމީރް ވަނީ އޮސަސޫނާގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އަދި 85 ވަނަ މިނެޓުގަައި އަބެލް ބެރެޓޯނޭސް ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގައި ބާސެލޯނާގެ ދެ ވަނަ ލަނޑު 89 ވަނަ މިނެޓުގައި ޖެހީ ލަމީން ޔަމާލް އެވެ.

މިއީ ބާސެލޯނާގެ ކޯޗުކަމާ ހަވާލުވި ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ސްޕެނިޝް ލީގުގައި އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ. މެޗުން ބަލިވި ނަމަވެސް، އެއް ވަނައިގައި ބާސެލޯނާ އޮތީ ހަތަރު ޕޮއިންޓިގެ ލީޑަކުންނެވެ. މިހާތަނަށް ކުޅުނު އަށް މެޗުން އެ ޓީމަށް ލިބެނީ 21 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް 17 ޕޮއިންޓު ލިބެނީ އެއް މެޗު މަދުން ކުޅެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް