ކ. މާލެ
|
29 ސެޕްޓެންބަރ 2024 | އާދީއްތަ 08:52
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
ރާއްޖެއެމްވީ
ސަރުކާރުގެ ހިންގުން
ސަރުކާރުގެ މައްޗަށް ރައްޔިތުންގެ އިތުބާރު އޮތްތޯ ބެލުމަށް ވޯޓެއް ނެގިޔަސް ފެންނާނީ މި ސަރުކާރަށް ބޮޑުތަނުން އިތުބާރު ގެއްލިފައިވާ މަންޒަރު: މައުރޫފް
މައުރޫފް ވިދާޅުވީ، ބަޣާވާތުގެ ތުހުމަތަކީ އާދައިގެ ތުހުމަތެއް ނޫން ކަމަށް
ރުގެ ތުހުމަތެއް ކުރާއިރު ވިސްނަން ޖެހޭކަމަށް އޭނާ ވިދާޅުވި

ސަރުކާރުގެ މައްޗަށް ރައްޔިތުންގެ އިތުބާރު އޮތްތޯ ބެލުމަށް ހިޔާލު ހޯދުމުގެ ވޯޓެއް ނެގިޔަސް ފެންނާނީ މި ސަރުކާރަށް ބޮޑުތަނުން އިތުބާރު ގެއްލިފައިވާ މަންޒަރުކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ސުވާލަކީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، ބަޣާވާތުގެ ތުހުމަތަކީ އާދައިގެ ތުހުމަތެއް ނޫން ކަމަށާއި، އެއީ ޤައުމަށް ގައްދާރުވީކަމަށް ބުނުން ކަމަށެވެ. އެހެންކަމުން އެވަރުގެ ތުހުމަތެއް ކުރާއިރު ވިސްނަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

އެފަދަ ކަންކަމަކީ ބޮޑެތި ފިޔަވަޅުތައް އަޅަންޖެހޭ ކުށެއްކަންވެސް މައުރޫފް ފާހަގަ ކުރެއްވިއެވެ. ނަމަވެސް މި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ދޭހަވަނީ ސަރުކާރުގެ އެއްވެސް މިސްރާބެއް އަދި ސިޔާސަތެއްވެސް މިފަދަ ކަންކަމުގައި ނެތްކަން ކަމަށް މެމްބަރު ވިދާޅުވިއެވެ.

ހަގީގަތުގައިވެސް ރައްޔިތުން މިކަމާ ވަރަށް ފުންކޮށް އެބަ ވިސްނަން ޖެހޭ، ބަޣާވާތެކޭ ބުނީމާ އެއީކީ އާދައިގެ ވާހަކައެއް ނޫން، އާދައިގެ ތުހުމަތެއް ނޫން އެ ކުރެވެނީ، އެއީ ޤައުމަށް ގައްދާރުވުން ނުވަތަ ހިޔާނަތްތެރި ވުމުގެ ތުހުމަތު އެ ކުރެވެނީ
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މެމްބަރު ވިދާޅުވީ، ސަރުކާރުން ހަދާ ދޮގުތައް ރައްޔިތުން ޤަބޫލު ކުރާނެކަމަށް އަދިވެސް ރައީސަށް ހީފުޅު ކުރެއްވެނީކަމަށް ވެދާނެ ކަމަށެވެ. ނަމަވެސް އެއްވެސް ހަގީގަތެއް ނެތްގޮތަށް ދައްކާ ވާހަކަތައް ރައްޔިތުން ޤަބޫލެއް ނުކުރާނެކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، މި ސަރުކާރުން އަނބުރާ ދެވަނަ ފަހަރަށް ނުކުރާ އެއްވެސް ކަމެއް ނެތްކަން ފާހަގަ ކުރައްވައި މެމްބަރު ވިދާޅުވީ، ސަރުކާރުގެ މައްޗަށް ސަރުކާރުގެ މައްޗަށް ރައްޔިތުންގެ އިތުބާރު އޮތްތޯ ބެލުމަށް ހިޔާލު ހޯދުމުގެ ވޯޓެއް ނެގިޔަސް ފެންނާނީ މި ސަރުކާރަށް ބޮޑުތަނުން އިތުބާރު ގެއްލިފައިވާ މަންޒަރުކަމަށް އޭނާ ވިދާޅުވިއެވެ.

އުނބަށް ނުޖަހާ އެއްވެސް ކަމެއް މި ސަރުކާރުގައި ނެތެއްނޫންތޯ
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މާލީ ބަޣާވާތް ކުރިކަމަށް ބުނާ މައްސަލައިގައި ފުލުހުންގެ އިދާރާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާ އާ ޚިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ، ހަމަ އެ ވަގުތު ސޯޝަލް މީޑިއާ ގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން މަގުމައްޗަށް މަގުތަކަށް ނުކުތުމަށް ހިތްވަރު ދީފައިވާ ކަމަށެވެ.

 މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ އާންމު ހަމަ ޖެހުން ނަގާލުމަށް ބައެއް ފަރާތްތަކުން ގޮވާލާފައިވާ ކަމަށެވެ. ހަމައެހެންމެ ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދާފައިވާތީ މިކަމަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީ ކޮށް ބަދަލު ކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

އެހެންނަމަވެސް މިއަދާ ހަމައަށްވެސް މި މައްސަލައިގެ ތަހުގީގުގައި މީހަކާ ސުވާލުކޮށްފައިވޭތޯ ނުވަތަ ނޫންތޯވެސް ސާފުވެފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް