ކ. މާލެ
|
28 ސެޕްޓެންބަރ 2024 | ހޮނިހިރު 16:46
ލުބުނާނުގެ ޖިހާދީ ގްރޫޕް ހިޒްބުﷲގެ ލީޑަރ ހަސަން ނަސްރުﷲ
ލުބުނާނުގެ ޖިހާދީ ގްރޫޕް ހިޒްބުﷲގެ ލީޑަރ ހަސަން ނަސްރުﷲ
ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ
އިޒްރޭލުގެ ހަމަލާގައި ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލައިފި ކަން ހިޒްބުﷲ އިން ކަށަވަރު ކޮށްދީފި
އިޒްރޭލާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުރިއަށް ގެންދާނެކަމަށް ހިޒްބުﷲ އިން ވަނީ ވައުދުވެފައި

އިޒްރޭލުގެ ހަމަލާގައި ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލައިފި ކަމަށް ހިޒްބުﷲ އިން ކަށަވަރު ކޮށްދީފިއެވެ.

ލުބުނާނުގެ ހިޒްބުﷲ އިން ހޮނިހިރު ދުވަހު ބުނެފައިވަނީ އެ ޖަމާޢަތުގެ ލީޑަރު ހަސަން ނަސްރުއްލާ އަވަހާރަވެއްޖެ ކަމަށާއި، އިޒްރޭލާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުރިއަށް ގެންދާނެކަމަށް ވައުދުވާކަމަށެވެ.

ހުކުރު ދުވަހުގެ ރޭ ބެއިރޫތުގެ މީހުން ގިނަ ސަރަޙައްދަކަށް ބޮންއަޅާ ދިން ވަރުގަދަ ހަމަލާގައި ހިޒްބުﷲގެ ލީޑަރު ޙަސަން ނަޞްރުﷲ އަވަހާރަކޮށްލައިފި ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ކުރިން ވަނީ ބުނެފައެވެ.

Advertisement

އިޒްރޭލުގެ ސިފައިންގެ ބަޔާނުގައި ނަސްރުﷲ އާއެކު ހިޒްބުﷲ ގެ އެހެން އިސްވެރިއެއް ކަމަށްވާ ޢަލީ ކަރަކީ އާއި އެހެން ކޮމާންޑަރުންތަކެއްވެސް އަވަހާރަކޮށްލާފައިވާ ކަމަށް ބުނެފައިވެއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނާ ހަމައަށްވެސް ލުބުނާނުގެ އެކި ސަރަޙައްދުތަކަށް އިޒްރޭލުން ވައިގެ ހަމަލާތައް އަންނަނީ ދެމުންނެވެ.

އިޒްރޭލުގެ ހަމަލާތައް ނުރައްކާވެފައިވުމާއެކު އެތައް ހާސް މީހުން ގެދޮރު ދޫކޮށް އެ ސަރަހައްދުން ދަނީ ނުކުންނަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް