ކ. މާލެ
|
28 ސެޕްޓެންބަރ 2024 | ހޮނިހިރު 16:40
ދެކުނު ލުބުނާނަށް ސެޕްޓެމްބަރު 27 ގައި އިޒްރޭލުން ބޮންއަޅާ ދިން އަނިޔާވެރި ހަމަލާގައި އެތައް އިމާރާތެއް ވަނީ ބިމާ ހަމަވެފައި
ދެކުނު ލުބުނާނަށް ސެޕްޓެމްބަރު 27 ގައި އިޒްރޭލުން ބޮންއަޅާ ދިން އަނިޔާވެރި ހަމަލާގައި އެތައް އިމާރާތެއް ވަނީ ބިމާ ހަމަވެފައި
އޭއެފްޕީ
ލުބުނާން-އިޒްރޭލު ހަނގުރާމަ
ނަތަންޔާހޫ އަކީ އިންސާނުންގެ ލެޔަށް ފެންބޮވައިގެންފައިވާ އިފުރީތެއް: އިރާނުގެ ޚާރިޖީ ވަޒީރު
"ލެޔަށް ފެންބޮވައިގެންފައިވާ މި އިފުރީތު މުޅި ދުނިޔެ ތެދުވެ ހުއްޓުވަންޖެހޭ ކަމަށް ދެކެން. އޭނާއަކީ ހިޓްލަރަށްވުރެ އެންމެ ތަންކޮޅެއްވެސް ނުބައިކަން ކުޑަ ޝައިތާނެއް ނޫން" ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ އިންސާނުންގެ ލެޔަށް ފެންބޮވައިގެންފައިވާ އިފުރީތެއް ކަމަށް އިރާނުގެ ޚާރިޖީވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ފަލަސްޠީނު އަދި ލުބުނާނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނުރައްކާތެރި އަނިޔާވެރިކަން އެންމެ ހަރުކަށި ބަހުން ކުށްވެރިކުރައްވައިފައެވެ.

"ލެޔަށް ފެންބޮވައިގެންފައިވާ މި އިފުރީތު މުޅި ދުނިޔެ ތެދުވެ ހުއްޓުވަންޖެހޭ ކަމަށް ދެކެން. އޭނާއަކީ ހިޓްލަރަށްވުރެ އެންމެ ތަންކޮޅެއްވެސް ނުބައިކަން ކުޑަ ޝައިތާނެއް ނޫން" ޔޫ.އެން ސެކިއުރިޓީ ކައުންސިލްގެ މީޑިއާ ބައްދަލުވުމެއްގައި ހުކުރު ދުވަހު ނިއު ޔޯކްގައި އީރާނުގެ އެންމެ އިސް ޑިޕްލޮމެޓް ވިދާޅުވިއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު މިމޭރުމުން ވާހަކަފުޅު ދެއްކެވީ، އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައާއި ލުބުނާނާ ދެކޮޅަށް ހިންގަމުންދާ ނުރައްކާތެރި ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 41،534 ފަލަސްތީނުގެ ރައްޔިތުންނާއި އެތައް ސަތޭކަ ލުބުނާނުގެ ރައްޔިތުން އިޒްރޭލުގެ ހަމަލާތަކުގައި މަރުވެފައިވާ ދަނޑިވަޅެއްގައެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ގިނައިން މަރުވެފައިވަނީ އަންހެނުންނާއި ކުޑަކުދިންނެވެ.

އަރާގްޗީ ވިދާޅުވީ "މި ގަތުލުއާންމު ހުއްޓުވުމަށް ސެކިއުރިޓީ ކައުންސިލުން އެއްވެސް ކަމެއް ކޮށްފައި ނުވާކަން" ހިތާމައާއެކު ފާހަގަކުރެއްވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިކަން މިހެން މިވަނީ "އެމެރިކާ އާއި ބައެއް ހުޅަނގުގެ ޤައުމުތަކުން މެދުއިރުމަތީގެ މީހުންގެ ފުރާނައަށާއި އެ ސަރަހައްދުގެ ސުލްޙަ އާއި ހަމަޖެހުމަށް އެއްވެސް އަހައްމިއްޔަތުކަމެއް ނުދޭތީ" އެވެ.

އޭނާ ވިދާޅުވީ އެމެރިކާއިން ދޭ ހިތްވަރުން އިޒްރޭލަށް ހިތްވަރު ލިބިގެން މިހާރު ލުބުނާނުގެ ރައްޔިތުންނާ ނަތަންޔާހޫ ދިމާކޮށްފައިވާ ކަމުގައެވެ.

ހުކުރު ދުވަހު ލުބުނާނުގެ ވެރިރަށް ބެއިރޫތައް އިޒްރޭލަށް ދިން ހަމަލާގައި މަދުވެގެން 8 މީހުން މަރުވެ، 80 އެއްހާ މީހުން ޒަޚަމްވެ، 7 އިމާރާތް ބިންމަތިވެފައިވާ ކަން އީރާނުގެ ޚާރިޖީ ވަޒީރު ފާހަގަ ކުރެއްވިއެވެ.

"ލުބުނާނުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އިޒްރޭލުން އަޅަމުން އެދަނީ އެމެރިކާއިން ހަދިޔާކޮށްފައިވާ 5000 ޕައުންޑުގެ ބަންކަރ ބަސްޓަރ ބޮން،" އަރާގްޗީ ވިދާޅުވިއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، އިޒްރޭލުގެ ޔަހޫދީ ސަރުކާރުން މަސައްކަތް ކުރަނީ މުޅި ސަރަހައްދުގައި ހުޅުރޯކޮށް އަލިފާންގަނޑެއްގެ ތެރެއަށް ވައްޓާލުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް