ކ. މާލެ
|
28 ސެޕްޓެންބަރ 2024 | ހޮނިހިރު 10:18
މެޗުގައި ލަނޑު ޖެހުމަށްފަހު އެތުލެޓިކޯގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އެތުލެޓިކޯގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ސްޕެނިޝް ލީގު
އަލްވަރޭޒްގެ ލަނޑާ އެކު އެތުލެޓިކޯ މޮޅުވެއްޖެ
މިހާތަނަށް ސްޕެނިޝް ލީގުގައި ކުޅުނު ހަތް މެޗުން 15 ޕޮއިންޓާއެކު އެތުލެޓިކޯ އޮތީ ތިން ވަނައިގަ އެވެ.

ސްޕެނިޝް ލީގުގައި ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް މޮޅުވެއްޖެ އެވެ.

ސެލްޓަ ވީގޯގެ ދަނޑުގައި ކުޅުނު މެޗު އެތުލެޓިކޯ އިން ކާމިޔާބު ކުރީ 1-0 އިންނެވެ. އެއީ މެޗުގެ ދެ ވަނަ ހާފުގައި އެތުލެޓިކޯ އިން ޖެހި ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެސް އެތުލެޓިކޯ އިން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެގޮތުން އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ އެންޓޮއިން ގްރީޒްމަން އަށް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް، އެތުލެޓިކޯ އަށް ލީޑު ނަގައިދިނީ އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ގްރީޒްމަން އެވެ.

މެންޗެސްޓަރ ސިޓީ ދޫކޮށްލުމަށްފަހު ސިޓީ އަށް ބަދަލުވި އަލްވަރޭޒް ވަނީ މިހާތަނަށް އެ ކުލަބަށް ކުޅެދިން އަށް މެޗުން ދެ ލަނޑު ޖަހައިފަ އެވެ. އެ ދެ ލަނޑަކީ ވެސް ސްޕެނިޝް ލީގުގައި އޭނާ ޖަހާފައިވާ ލަނޑުތަކެވެ.

މިހާތަނަށް ސްޕެނިޝް ލީގުގައި ކުޅުނު ހަތް މެޗުން 15 ޕޮއިންޓާއެކު އެތުލެޓިކޯ އޮތީ ތިން ވަނައިގަ އެވެ. ހަތަރު މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ތިން މެޗު ވަނީ އެއްވަރުވެފަ އެވެ.

- ކޮމެންޓް