ކ. މާލެ
|
27 ސެޕްޓެންބަރ 2024 | ހުކުރު 06:42
އިޒްރޭލުން ހަމަލާދީ ޝަހީދު ކޮށްލި ހިޒްބުﷲ ގެ ކޮމާންޑަރ މުހައްމަދު ހުސެއިން ސުރޫރު
އިޒްރޭލުން ހަމަލާދީ ޝަހީދު ކޮށްލި ހިޒްބުﷲ ގެ ކޮމާންޑަރ މުހައްމަދު ހުސެއިން ސުރޫރު
ޕްރެސް ޓީވީ
އިޒްރޭލް-ލުބުނާން ހަނގުރާމަ
އިޒްރޭލުން ހަމަލާދީ ހިޒްބުﷲ ގެ އިސް ކޮމާންޑަރަކު ޝަހީދު ކޮށްލައިފި
މިއީ ބެއިރޫތުގެ ދެކުނު ސަރަޙައްދުގެ މީހުން ބައިބޯކޮށް މީހުން ދިރިއުޅޭ ސަރަޙައްދަކަށް ހިޒްބުﷲ ގެ އޮފިޝަލުންނަށް އަމާޒުކޮށް ހަފްތާއެއްގެ ތެރޭގައި އިޒްރޭލުން ދިން ހަތަރުވަނަ ހަމަލާއެވެ.

ލުބުނާނުގެ ދިފާއުގައި ޖިހާދުކުރާ ހިޒްބުﷲ ގެ އިސް ކޮމާންޑަރަކު އިޒްރޭލުން ހަމަލާދީ ޝަހީދު ކޮށްލައިފި ކަމަށް އެ ޖަމާއަތުން ބުނެފިއެވެ،

ހިޒްބުﷲ އިން ހާމަކޮށްފައިވާ ގޮތުގައި ޝަހީދު ކޮށްލި ކޮމާންޑަރަކީ މުޙައްމަދު ޙުސައިން ސުރޫރު (ހާއްޖް އަބޫ ސާލިޙް) އެވެ.

އުމުރުން 51 އަހަރުގެ މި ކޮމާންޑަރު ޝަހީދުކޮށްލީ އިޒްރޭލުން ދެކުނު ލުބުނާނުގެ ސަރަހައްދަކަށް ބޮންއަޅާ ދިން ހަމަލާއެއްގައި ކަމަށް ހިޒްބުﷲ އިން ބުނެއެވެ.

އިޒްރޭލު ސިފައިންގެ ބަޔާނެއްގައި އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން "އަމާޒުކޮށް ނައްތާލާފައިވަނީ" ސުރޫރު ކަމަށް ބުނެފައިވެއެވެ.

މިއީ ބެއިރޫތުގެ ދެކުނު ސަރަޙައްދުގެ މީހުން ބައިބޯކޮށް މީހުން ދިރިއުޅޭ ސަރަޙައްދަކަށް ހިޒްބުﷲ ގެ އޮފިޝަލުންނަށް އަމާޒުކޮށް ހަފްތާއެއްގެ ތެރޭގައި އިޒްރޭލުން ދިން ހަތަރުވަނަ ހަމަލާއެވެ.

ލުބުނާނުގެ ޞިއްޙަތާބެހޭ މިނިސްޓްރީގެ ބަޔާނެއްގައި ބުނެފައިވަނީ މި ހަމަލާގައި ދެ މީހަކު މަރުވެ، 15 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. މީގެ ތެރޭގައި "ނުރައްކާތެރި ޙާލަތެއްގައިވާ އަންހެނަކު" ހިމެނޭ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ސުރޫރު ޝަހީދު ކޮށްލަން އިޒްރޭލުން ދިން ހަމަލާ އަމާޒު ކޮށްފައިވަނީ 10 ބުރީގެ އެޕާޓްމަންޓް އިމާރާތަކަށެވެ. އެ އިމާރާތައް ތިން މިސައިލް ފޮނުވާލި ކަމަށް ލުބުނާނުގެ ރަސްމީ ނޭޝަނަލް ނިއުސް އެޖެންސީން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް