ކ. މާލެ
|
25 ސެޕްޓެންބަރ 2024 | ބުދަ 11:36
މެޗުގައި ލަނޑު ޖެހުމަށްފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާާޅު ކުރަނީ
ރޮއިޓާސް
ކަރަބޯ ކަޕް
ފަސް ލަނޑުގެ މޮޅާއެކު، ޗެލްސީ ގަދަ 16 އަށް
މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ތިން ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު ޖެހީ ފަހު ހާފުގަ އެވެ.

ކަރަބޯ ކަޕްގެ ތިން ވަނަ ބުރުގައި ބަރޯ އޭއެފްސީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޗެލްސީން މުބާާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 5-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ތިން ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު ޖެހީ ފަހު ހާފުގަ އެވެ.

މެޗު ފަށަައިގެން އަށް ވަނަ މިނެޓުގައި ޗެލްސީ އަށް ލީޑު ނަގައިދިނީ ކްރިސްޓޮފާ އެންކުންކޫ އެވެ. އެ ލަނޑު އޭނާ ޖެހީ ޔާއޯ ފެލިކްސް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ހަތް މިނެޓު ފަހުން އެންކުންކޫ ވަނީ ޗެލްސީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގައި ޗެލްސީގެ ތިން ވަނަ ލަނޑަކީ ބަރޯ އޭއެފްސީގެ ގޯލު ކީޕަރު ޕޯލް ފާމަން އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ.

މެޗުގެ ދެ ވަނަ ހާަފު ފަށައިގެން ތިން ވަނަ މިނެޓުގައި ޗެލްސީގެ ހަތަރު ވަނަ ލަނޑު ޖެހީ ޕެޑްރޯ ނެޓޯ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ މިކައިލޯ މުޑްރިކް އެވެ. މެޗުގައި ޗެލްސީގެ ފަސް ވަނަ ލަނޑު، 75 ވަނަ މިނެޓުގައި ޖެހީ އެންކުންކޫ އެވެ. އެ ލަނޑާ އެކު އޭނާ ވަނީ މެޗުގައި ހެޓްރިކް ހަމަކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް