Advertisement
ކ. މާލެ
|
23 ސެޕްޓެންބަރ 2024 | ހޯމަ 12:46
ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ މެމްބަރު އިމާދު ސާލިޙު
ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ މެމްބަރު އިމާދު ސާލިޙު
ރާއްޖެއެމްވީ
ދައުލަތުގެ ހިންގުން
ދައުލަތް ހިންގަމުންދަނީ އެންމެ ދެމެހެއްޓެނިވި ގޮތެއްގައެއް ނޫން: އިމާދު
އިމާދު ވިދާޅުވީ، މުޅި ދައުލަތުގައިވެސް ހަރުދަނާ ސިޔާސަތުތަކެއް އޮންނަން ޖެހޭ ކަމަށް
ދައުލަތުގެ ޚަރަދު ކުޑަކުރަންޖެހޭކަން އިމާދު ފާހަގަ ކުރެއްވި

ދައުލަތް މިހާރު އޮޕަރޭޓް ކުރަމުންދަނީ އެންމެ ދެމެހެއްޓެނިވި ގޮތެއްގައެއް ނޫން ކަމަށް ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ މެމްބަރު އިމާދު ސާލިޙު ވިދާޅުވެއްޖެއެވެ.

Advertisement

ރާއްޖެޓީވީގެ ޓީވިޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިމާދު ވިދާޅުވީ، މުޅި ދައުލަތުގައިވެސް ހަރުދަނާ ސިޔާސަތުތަކެއް އޮންނަން ޖެހޭ ކަމަށެވެ. އެކަމަށްޓަކައި ދައުލަތުގެ ޚަރަދު ކުޑަކުރަންޖެހޭކަން އިމާދު ފާހަގަ ކުރެއްވިއެވެ.

ހަރުދަނާ ސިޔާސަތެއް އޮންނަން އެބަޖެހޭ މުޅި ދައުލަތުގެވެސް އިނގޭތޯ، އެހެން ބޭފުޅުންވެސް ފާހަގަ ކުރެއްވި ގޮތަށް ދައުލަތުގެ ޚަރަދު ކުޑަކުރަން އެބަޖެހޭ
އިމާދު ސާލިޙު

އިމާދު ވިދާޅުވީ، ދައުލަތް މިހާރު އޮޕަރޭޓް ކުރަމުންދަނީ އެންމެ ދެމެހެއްޓެނިވި ގޮތެއްގައެއް ނޫން ކަމަށެވެ. އެގޮތުން ކޮންމެ ވެރިކަމެއް އަންނައިރު ވަޒީފާތައްވެސް ނީލަމުގެ އުސޫލުން ބެހުމާއި، އެކަމުގެ ސަބަބުން ޤައުމުގެ އުފެއްދުންތެރިކަމަށް އަސަރު ކުރާ މިންވަރަށް އިމާދު ވަނީ އަލިއަޅުވާލައްވާފައެވެ.

އޭގެ އިތުރުން، ސަރަޙައްދީ ގޮތުންވެސް ތަރައްޤީ ގެނައުމަށް މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އިމާދު ވިދާޅުވިއެވެ. އެގޮތުގެ މަތިން އައްޑޫގެ ސަރަޙައްދުގައި ކުރެވިދާނެ ކަންތައްތަކެއް ހުރިކަމަށްވެސް އިމާދު ވިދާޅުވިއެވެ.

ސަރުކާރު އަންނަ ގޮތަށް ނިމިދިޔަ ސަރުކާރުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަކީވެސް މުހިއްމު ކަމެއްކަމަށް އިމާދު ވިދާޅުވިއެވެ. ދައުލަތުގެ ސިޔާސަތުތައް ބައްޓަން ކުރަން ޖެހޭނީވެސް އެ ކަންކަމަށް ބަލައިގެންކަމަށް އިމާދު ވިދާޅުވިއެވެ. ނަމަވެސް މިހާރު އަދި އެ މަންޒަރު ފެންނަމުން ނުދާކަން އިމާދު ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، އިޤްތިސާދީ ތަސައްވުރު ބިނާ ކުރަންވާނީ އާންމު ރައްޔިތު މީހާގެ އަސާސީ ކަންކަން ފުރިހަމަ ކޮށްދިނުމަށްފަހުކަމަށްވެސް އިމާދު ވިދާޅުވިއެވެ. އެއީ ދައުލަތުން ފަހިކޮށްދޭން ޖެހޭ ކަންކަން ކަމަށްވާއިރު، އެކަމުގެ ބޮޑު ބައި އޮތީ ޙައްލު ނުކުރެވިކަމަށް އިމާދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް