Advertisement
ކ. މާލެ
|
20 ސެޕްޓެންބަރ 2024 | ހުކުރު 21:39
އދ ގެ އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ނިއުޔޯކަށް ފުރާވަޑައިގަތުމުގެ ކުރިން ރައީސް މުއިއްޒު ހުކުރު ދުވަހުގެ ރޭ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ
އދ ގެ އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ނިއުޔޯކަށް ފުރާވަޑައިގަތުމުގެ ކުރިން ރައީސް މުއިއްޒު ހުކުރު ދުވަހުގެ ރޭ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒު
އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނިއުޔޯކަށް
އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރުކުރައްވާނީ ސެޕްޓެމްބަރު 24 ވާ އަންގާރަ ދުވަހު

އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމެރިކާގެ ނިއުޔޯކަށް ކުރައްވާ ދަތުރުފުޅެއްގައި ހުކުރު ދުވަހުގެ ރޭ ފުރާވަޑައިގަންނަވައިފިއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް މުއިއްޒުގެ ދަތުރުފުޅާ ބެހޭ ގޮތުން ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރުކުރައްވާނީ ސެޕްޓެމްބަރު 24 ވާ އަންގާރަ ދުވަހުއެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި ސަމިޓް އޮފް ދަ ފިއުޗަރގައި ބައިވެރިވެވަޑައިގަންނަވައި، މުހިންމު މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގެ އިތުރުން ހަވާސާގައި ކުރިއަށްދާ ހަރަކާތްތަކުގައިވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އދގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

Advertisement

ރައީސް މުއިއްޒު ނިއުޔޯކަށް ފުރާވަޑައިގަތުމުގެ ކުރިން ރައީސް އޮފީހުން ދައުވަތު ދިން ވަކި މީޑިއާ ތަކަކާ އެއަރޕޯޓްގައި ވަނީ ބައްދަލު ކުރައްވާފައެވެ.

ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރާއްޖެއަށް ފައިދާކުރަނިވި އެކިއެކި ކަންތައްތައް ކޮށްދެވިދާނެ ފަރާތްތަކާއި ގިނަގިނައިން ބައްދަލުކުރައްވައި އެކުގައި މަސައްކަތް ކުރެވެންޖެހޭކަމަށާއި އަދި މިވަގުތު ރާއްޖޭގެ ހާލަތު އޮތްގޮތުންވެސް އދ އަށް ވަޑައިގެން ރާއްޖޭގެ ފަރާތުން ދައްކަވަންޖެހޭ ވާހަކަތައް ދެއްކެވުމުގެ މުހިންމުކަން ފާހަގަ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

މީގެ އިތުރުން ތިމާވެއްޓާއި ޓެކްނޮލޮޖީއާ ތަރައްޤީއާ ގުޅޭކަންކަންކަމާއި ރާއްޖޭގެ ކުރިމަގަށް މުހިންމު ކަންމުގެ ވާހަކަދައްކަވައި އދ އާއި އެކިއެކި ޤައުމުތަކާއި އެކިއެކި ޖަމާޢަތްތަކުގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ލިބުމުގެ މުހިންމުކަމުގެ މައްޗަށްވެސް ނޫސްވެރިންގެ ބައްދަލުވުމުގައި އަލިއަޅުވާލެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އެނބުރިވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިހިނގާ ސެޕްޓެމްބަރ މަހުގެ 29 ވާ އާދީއްތަ ދުވަހު ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

Advertisement

Advertisement
- ކޮމެންޓް