Advertisement
ކ. މާލެ
|
18 ސެޕްޓެންބަރ 2024 | ބުދަ 20:25
ޒަހަމްތަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ
ޒަހަމްތަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ
ރާއްޖެއެމްވީ
ޒަކިއްޔާ މޫސާގެ މަރު
ޒަކިއްޔާގެ ހަށިގަނޑުގެ އޮޓޮޕްސީ ނުހެދީ ތަހުގީގަށް އެކަން ކުރަން ނުފެންނާތީ: ފުލުހުން
ޒަކިއްޔާގެ ހަށިގަނޑުން ތަހުގީގަށް ބޭނުންވާ ސާމްޕަލްތައް ނަގާފައިވޭ
އޮޓޮޕްސީ ނުހަދަން ނިންމީ ޑޮކްޓަރުންގެ ފަރާތުން ބޭނުންވާ ރައުޔު ލިބުމުން
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ 10 ސެޕްޓެންބަރު 2024 ގައި

ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ނ.ހޮޅަދޫ، ޒަކިއްޔާ މޫސާގެ ހަށިގަނޑުގެ އޮޓޮޕްސީ ނުހެދީ ތަހުގީގަށް އެކަން ކުރަން ނުފެންނާތީ ކަމަށް ފުލުހުން ބުނެފިއެވެ.

ބުދަ ދުވަހުގެ ހަވީރު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ޒަކިއްޔާ މަރުގެ މައްސަލާގައި ތަހުގީގު ކުރިއަށް ގެންދާ ކަމަށާއި، ފުލުހުންގެ ޓީމް އެރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

Advertisement

ޝިފާއު ވިދާޅުވީ ޒަކިއްޔާގެ ހަށިގަނޑުން ތަހުގީގަށް ބޭނުންވާ ސާމްޕަލްތައް ނަގާފައިވާ ކަމަށާއި، އޮޓޮޕްސީ ނުހަދަން ނިންމީ ޑޮކްޓަރުންގެ ފަރާތުން ބޭނުންވާ ރައުޔު ލިބުމުން ކަމަށެވެ.

ރާއްޖެއިން ބޭރަށް ގެންގޮސްގެން އޮޓޮޕްސީއަކަށް އަޅުގަނޑުމެން ނުދިޔައީ ފުލުހުންގެ ތަހުގީގަށް ހަށިގަނޑުން ނަގަންޖެހޭ ސާމްޕަލްތައް ތަހުލީލުތައް ކޮށް އެ ތަހުލީލުތަކުންނާ އަދި ސްޕެޝަލިސްޓް ޑޮކްޓަރުގެ ފަރާތުން އަޅުގަނޑުމެން ހޯދަން ބޭނުންވި ރައްޔުތައް ހޯދުމަށްފަހު އިތުރަށް އޮޓޮޕްސީ ހަދަންޖެހޭ ސަބަބެއް އޮތް ކަމަށް ތަހުގީގަށް ނުފެންނާތީ
ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު

ފުލުހުން ބުނީ ތަހުގީގު ކުރިއަށްދާ މައްސަލައަކަށްވާތީ އިތުރު ތަފްސީލް ހާމަކުރެވެން ނެތް ކަމަށެވެ. އަދި ފަހުން މިމައްސަލާގެ އިތުރު މައުލޫމާތުތައް ހާމަ ކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

ހޮޅުދޫ ޒަކިއްޔާ މޫސާގެ ހަށިގަނޑު ފެނުނީ އެގެއަށް ކުނި ނަގަން ވަތް މުނިސިޕަލް މުވައްޒަފުންތަކަކަށެވެ. ހަށިގަނޑު ފެނުނުއިރު ކަރުގައި ވަޅި އަޅާފައިވާއިރު، ކައިރީގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ 10 ސެޕްޓެންބަރު 2024 ވަނަ ދުވަހުގެ ހެނދުނު 10:10 ހާއިރެވެ.

ފުލުހުންގެ ތަހުގީގަށް ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސްފައިވެއެވެ. އަދި އޭނާގެ ހަށިގަނޑު ވަޅުލާފައިވަނީ 12 ސެޕްޓެންބަރު 2024 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް