Advertisement
ކ. މާލެ
|
18 ސެޕްޓެންބަރ 2024 | ބުދަ 11:52
ހުޅުމާލެ މަގުމަތީގައި ބާއްވާފައި އޮތް ޕިކަޕެއް ނަގަނީ
ހުޅުމާލެ މަގުމަތީގައި ބާއްވާފައި އޮތް ޕިކަޕެއް ނަގަނީ
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ވެހިކަލްތަކުގައި ސްޓިކާ ޖެހުން
ޒޯން ބަދަލު ނުކުރާ ވެހިކަލްތަކުގައި ސްޓިކާ ޖަހަން ފަށައިފި
ފުރަތަމަ 40 ދުވަހުގެ ތެރޭ އެތަނަށް ނުގެންދާ އުޅަނދުތައް ޓޯ ކުރާނެ
ސްޓިކަރ ހަރުކުރާ އުޅަނދުތައް ސްޓިކާގައި ބަޔާން ކުރާ ސުންގަޑީގެ ކުރިން ނެގުމަށް އުޅަނދުގެ ވެރިފަރާތަށް ފުލުހުން ވަނީ އަންގާފަ

ޒޯން ބަދަލު ނުކުރާ ވެހިކަލްތަކުގައި ސްޓިކާ ޖަހާން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ އެހެން ޒޯންތަކަށް ރަޖިސްޓްރީކުރުމަށް ފަހު މާލޭ ސަރަހައްދުގައި ދުއްވާ ވެހިކަލްތަކުގެ ރަޖިސްޓްރީ ބަދަލުކުރެވެން ދެން، ހުޅުމާލޭގައި ވަގުތީ ގޮތުން ޕާކުކުރަން ކަނޑައެޅި ޕާކިން ޖާގައަށް ނުގެންދާ އުޅަނދުތަކުގައި ސްޓިކާ ޖަހަން ފަށާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އޭ ޒޯނު ފިޔަވައި އެހެން ޒޯނުތަކުގައި ރަޖިސްޓްރީކޮށް މާލޭ ސަރަހައްދުގައި ދުއްވަމުންދާ އުޅަނދުތައް ގާނޫނާއި ގަވައިދަށް ފެއްތުމަށް ފުރުސަތު ދީފައިވާ ކަމަށެވެ.

އެގޮތުން މިފަދަ އުޅަނދުތައް ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެމްއޭސީއެލް ފްލެޓުތައް ކައިރީ އޮންނަ ހުސް ބިމަށް ގެންދިއުމަށް އަންގާ، އެއުޅަނދުތަކުގައި ސްޓިކަރ ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެވެ. އަދި ސްޓިކަރ ހަރުކުރާ އުޅަނދުތައް ސްޓިކާގައި ބަޔާން ކުރާ ސުންގަޑީގެ ކުރިން ނެގުމަށް އުޅަނދުގެ ވެރިފަރާތަށް ފުލުހުން ވަނީ އަންގާފައެވެ.

Advertisement

ޤަވާއިދާއި ޚިލާފަށް ހުރި އުޅަނދުތައް ބެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދުގައި އުޅަނދުތައް ބެހެއްޓުމަށް ދެނީ 6 މަސް ދުވަހުގެ މުއްދަތެކެވެ. އެމުއްދަތުގެ ތެރޭގައި އުޅަނދުތައް ޤަވާއިދުގެ ތެރެއިން ރަޖިސްޓްރީ ކުރަން ޖެހެއެވެ.

މިދިޔަ އޯގަސްޓް މަހުގެ 21 ވަނަ ދުވަހު އެ ބިމުގައި އުޅަނދުތައް ބެހެއްޓުމުގެ ފުރުސަތު ހުޅުވާލިއިރު، އެފަދަ އުޅަނދުތައް އެ ބިމުގައި ބަހައްޓަނީ އެއްވެސް އަގަކާއި ނުލައެވެ. ފުލުހުން ބުނެފައިވަނީ ފުރަތަމަ 40 ދުވަހުގެ ތެރޭ އެތަނަށް ނުގެންދާ އުޅަނދުތައް ޓޯ ކުރާނެ ކަމަށެވެ.

ހަމައެކަނި ހުޅުމާލޭގައިވެސް ޤަވާއިދާ ޚިލާފަށް ރެޖިސްޓްރީނުކޮށް ނުވަތަ އެހެން ޒޯނެއްގައި ރެޖިސްޓްރީކޮށްފައިވާ 500ށް ވުރެ ގިނަ އުޅަނދު ޕާކްކޮށްފައި އޮތް ކަމަށް ފުލުހުން ބުނެއެވެ. އެހެން ނަމަވެސް ސަރުކާރުން ބިން ދެއްކި ނަމަވެސް އެކަމަށް އެކަށީގެންވާ އެއްބާރުލުމެއް ލިބެމުން ނުދާކަން ފުލުހުން ފާހަގަކުރެއެވެ.

ޤަވާއިދާއި ޚިލާފަށް ހުރި އުޅަނދުތައް ރެޖިސްޓްރީ ކުރުމުގެ ކުރިން ޕާކްކޮށްފައި ބާއްވާނެ ޖާގައެއް ސަރުކާރުން ހުޅުމާލޭ ހަދާފައިވާއިރު، ހަތަރުފުރޮޅުލީ އެހެން އުޅަނދުތައް ޕާކް ކުރުމަށް، ހުޅުމާލެ ފޭސް 1ގެ ޕޮލިސް ފްލެޓް ކުރިމަތިން ވަނީ ހުސް ބިމެއް ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް