Advertisement
ކ. މާލެ
|
18 ސެޕްޓެންބަރ 2024 | ބުދަ 00:43
އަތުލައިގަނެފައިވާ މަސްތުވާތަކެތި
އަތުލައިގަނެފައިވާ މަސްތުވާތަކެތި
މޯލްޑިވްސް ކަސްޓަމްސް ސާރވިސް
މަސްތުވާތަކެތި އަތުލައިގަތުން
ރާއްޖެ އެތެރެކުރަން އުޅުނު 3 ވައްތަރެއްގެ މަސްތުވާތަކެތި އަތުލައިގަނެފި
ޖުމްލަ 3588 ގްރާމް (3.588 ކިލޯ ގްރާމް) ވަނީ އަތުލައިގަނެފައި

ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

މިތަކެތި އަތުލައިގަނެފައިވަނީ 2024 ސެޕްޓެމްބަރު 16 ވަނަ ދުވަހު ރާއްޖެއައި އެއަރކާގޯ ޝިޕްމަންޓަކާއި، ހަމަ އެދުވަހު ރާއްޖެ އައި މެލޭޝިއާ އެއަރލައިންސް ފްލައިޓް ނަންބަރު 485MH އިން ދަތުރުކުރި ދިވެހި ފަސިންޖަރަކު ބަލައިފާސްކުރުމުގެ ތެރޭގައެވެ. މިގޮތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނުމުން، ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން މިތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ 3 ބާވަތަކަށް ޕޮޒިޓިވްވެފައިވެއެވެ.

Advertisement

އެތެރެކުރި މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ އެއަރ ކާގޯ މެދުވެރިކޮށް ގެނައި 3010 ގްރާމް (3.01 ކިލޯ ގްރާމް) ގެ ހެރޮއިންނާއި، 48 ގްރާމްގެ ހެރޮއިންގެ އިތުރުން މެތުއެމްފެޓަމިންގެ 315 ގްރާމް އަދި ސިންތެޓިކް ކެތިނޯންގެ 215 ގްރާމެވެ. ޖުމްލަ 3588 ގްރާމް (3.588 ކިލޯ ގްރާމް) ވަނީ އަތުލައިގަނެފައެވެ.

މި މައްސަލަތައް އިތުރަށް ތަޙްގީގްކުރުމަށްޓަކައި  ފަސިންޖަރާއި، އަތުލައިގަނެވުނު ތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ހަވާލުކުރެވިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް