Advertisement
ކ. މާލެ
|
17 ސެޕްޓެންބަރ 2024 | އަންގާރަ 19:41
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ސައީދު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ސައީދު
ރައީސް އޮފީސް
ބަންކަރިންގެ ޚިދުމަތް ފެށުން
ވަޒީރު ވިދާޅުވީ ބަންކަރިންގެ ޚިދުމަތް ފަށާނީ ރިސްކު ނަގައިގެން ކަމަށް، އެދުނީ ޕޮސިޓިވްކޮށް ޚަބަރު ގެނެސްދިނުމަށް
ސައީދު ވިދާޅުވީ ބަންކަރިންގެ ޚިދުމަތް ފަށާ ދުވަހު ބައިވަރު ބޯޓު ފަހަރު ކިއުގައި ނުތިބެދާނެ ކަމަށް

ސަރުކާރުން ބަންކަރިންގެ ޚިދުމަތް ފަށަނީ ރިސްކު ނަގައިގެން ކަމަށާއި، ޕޮސިޓިވްކޮށް ޚަބަރު ގެނެސް ދިނުމަށް، އިޤްތިޞާދީ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ ޓީވީން ކުރި ސުވާލަކާ ގުޅިގެންނެވެ. އެގޮތުން ރާއްޖެ ޓީވީ އިން ސުވާލު ކޮށްފައި ވަނީ، ބުރާސްފަތި ދުވަހު ބަންކަރިންގެ ޚިދުމަތް ފެށުމަށް ސަރުކާރުން ތައްޔާރުވަމުން އަންނައިރު، އެކަމަށް ސަރުކާރުން ކޮށްފައިވާ ހޭދައަކީ ކޮބައިތޯ އެވެ. އަދި ބަންކަރިންގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު، ކިހާ ބޯޓު ފަހަރަކާއެކު އެއްބަސްވުމަކަށް އާދެވިފައިވޭތޯ ވެސް ރާއްޖެ ޓީވީ އިން ސުވާލު ކުރި އެވެ.

Advertisement

އެ ސުވާލާ ގުޅިގެން ވަޒީރު ސައީދު ވިދާޅުވީ، ބަންކަރިންގެ ޚިދުމަތް ފެށުމަށް ސަރުކާރުން ކުރި ހޭދަ އަކީ، އުތުރުގައި ބައިނަލްއަޤުވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށްޓަކައި ކުރަން ޖެހޭ ދިރާސާތައް ކުރުމާއި، އެކަމަށް އެންމެ އެކަށީގެންވާ ކުންފުންޏަކީ ނުވަތަ ޕާޓުނަރުންނަކީ ކޮބައިތޯ ދެނެގަތުން ކަމަށެވެ. އަދި ރައީސް މުޢިއްޒުގެ ވެރިކަމުގެ އެންމެ ކުރީ ކޮޅު މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކޮމްޕެނީ އެއް އުފައްދަވަން ނިންމަފާއިވާ ކަމަށާއި، އަދި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ މަސައްކަތް ފެށުމަށްޓަކައި، ހއ.ހޯރަފުށި ހިމެނޭ ބޮޑު ފަޅު، ތަރައްޤީ ކުރުމަށްޓަކައި އެ ކުންފުންޏަށް މެންޑޭޓު ކުރައްވާފައިވާ ކަމަށް ވެސް ސައީދު ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން ބައިނަލްއަޤުވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަކީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ މަސައްކަތެއްކަން ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ، ހިއްކާފައި އޮތް ބިމެއް ނެތުމަކީ އެ ވިޔަފާރި ފެށުމަށް އޮތް ހުރަކަހަށް ވާން ބޭނުން ނުވާ ކަމަށެވެ. އެ ނޫން ނަމަ، އެ މަސައްކަތްތައް އެއްކޮށް ތަރުތީބުވެގެން ފަށާނަމަ، ވަރަށް ދިގު އިންތިޒާރެއް ކުރަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ އިންޓަނޭޝަނަލް ބަންކަރިންގެ ޚިދުމަތް ފަށަނީ "މަސްކިރާ ބޯޓެއް ކައިރި އަށް ދޯނި ފަހަރު" އަންނަ އުސޫލުން ނޫން ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ދުއިސައްތަ އަށް ވުރެ ގިނަ ބޯޓު ފަހަރު ދަތުރު ކުރާ ކަމަށާއި، ވިޓޯލް މެދުވެރިކޮށް ރާއްޖޭގެ އެެ ސަރަހައްދަކީ ބަންކަރިންގެ ޚިދުމަތް ދޭ ސަރަހައްދެއްގެ ގޮތުގައި މެޕް ކުރެވުނީމަ، އެމީހުންގެ އަތުން ޕްރޮޑަކްޓް ގަނެވޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ބަންކަރިންގެ ޚިދުމަތް ފަށާ ދުވަހު ބައިވަރު ބޯޓު ފަހަރު ކިއުގައި ނުތިބެދާނެ ކަމަށާއި، އަދި ބަންކަރިންގެ ޚިދުމަތް ފަށާ ދުވަހު އެ ސަރަހައްދުގައި ރަސްމީ ހިއްކާފައި އޮތް ބަނދަރެއް ވެސް ނޯވެދާނެ ކަމަށެވެ. އެކަން ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ ރިސްކު ނަގައިގެން، ކަންކަން ތަންފީޒު ކުރަމުން އަންނަ ސަރުކާރަކާ އެކު ކުރިއަށް ދިޔުމުން، ކަންކަން ކުރެވޭނެ ކަމަށެވެ. އެއަށްފަހު ސައީދު ވަނީ އެ ވާހަކަ ވަރަށް ޕޮޒިޓިވްކޮށް ގެެނެސް ދިނުމަށް އެދިވަޑައިގެންފަ އެވެ.

ސަރުކާރުން ތައްޔާރުވަމުން އަންނަނީ ބުރާސްފަތި ދުވަހު ބަންކަރިންގެ ޚިދުމަތް ފެށުމަށެވެ. އެހެން ނަމަވެސް، އެ ޚިދުމަތް ފެށުމަށް ކޮންމެހެން ފުރިހަމަ ކުރަން ޖެހޭ ބައެއް ކަންތައްތައް މިހާތަނަށް އައިއިރު ވެސް ފުރިހަމަ ވެފައި ނުވާ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް
17 ސެޕްޓެންބަރ 2024 | އަންގާރަ 20:48
ޕޮޒިޓިވްމީހާ
އަހަރެމެން އަބަދުވެސް ޕޮޒިޓިވްކޮށް ވިސްނުން ގެންގުޅެނީ. މައްސަލައަކަށް މިވަނީ މަނިކުފާނުމެން ސަޅިބައިސާ ވާހަކަ ގިނަވެގެން ގޮސް ކަމުގެ އަސްލުއޮޅޭ ވަރަށް ވާހަކަ ގިނަވާތީ. ހިތަދޫ ޕޯޓްއިން ބަންކަރިންގ ހިދުމަތް ފަށަނީއޭ ބުނެ ނޫސްތަކުގެ ސުރުޚީ ހެއްދެވިއިރު އައްޑޫ އަތޮޅުގައި ދިރިއުޅޭ އެއްމެނަށް އެކަން ކުރެއްވިގޮތްވެސް ފެންނާނެތާ، އަޅުގަޑުގެ އާދޭހަކީ މަނިކުފާނުމެންވެސް ޕޮޒިޓިވްކޮށް ޕޮޒިޓިވް ނިޔަތެއްގައި ކަންކަން ކުރެއްވުން. ރައްޔިތުން ލޮލުގައި އަނދުން އަޅުވަން މަސައްކަތް ނުކުރެއްވުން. ހުސްވާހަކަ ނުދައްކަވާ އަމަލުން ކަންކަން ފެންނަނަމަ ސަރުކާރަށް ޕޮޒިޓިވްވާ މީހުންވެސް ގިނަވާނެތާ
- ގުޅުންހުރި
އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް މިއަހަރު ނިމޭއިރު ނުވަތަ އަންނަ އަހަރު ކުރީކޮޅު ދޭން ފެށޭނެ – ޝަރީފް
މިއަހަރު ނިމުމުގެ ކުރިން ބަންކަރިންގެ ހިދުމަތް އިހަވަންދިއްޕޮޅުގައި ދޭން ފަށާނެ – ނަހުލާ
އިހަވަންދިއްޕޮޅުން ބަންކަރިންނާއި ކްރޫ ޗޭންޖުގެ ހިދުމަތް ދިނުމަށް ގަވާއިދުތައް އިސްލާހު ކުރަނީ
އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް އިންވެސްޓްމަންޓެއްގެ ގޮތުގައި ކުރިއަށްގެންދާނެ - ސައީދު
ގާނޫނާ ހިލާފަށް އަމަލުކުރައްވާތީ އިކޮނޮމިކް މިނިސްޓަރާއި ހޯމް މިނިސްޓަރުގެ މައްސަލަ ބަލައިދިނުމަށް އެދިއްޖެ
ޖީޑީޕީ 6 ބިލިއަނުން 12 ބިލިއަނަށް އިތުރުކުރުމަށް އަހަރަކު ފަސް މިލިއަން ފަތުރުވެރިން ގެންނަން ޖެހޭ: ސައީދު
ގަވާއިދާއި ޚިލާފަށް ރާއްޖޭގައި ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ: ސައީދު
ކުރީ ސަރުކާރުން ސޮއިކޮށްފައިވާ އިހަވަންދިއްޕޮޅުގެ ބަންކަރިން ހިދުމަތް ޖުލައިގައި ފެށޭނެކަމަށް ސަރުކާރުން ބުނެފި