Advertisement
ކ. މާލެ
|
17 ސެޕްޓެންބަރ 2024 | އަންގާރަ 19:32
މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި
މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި
ޕޮލިސް
މަސްތުވާތަކެތީގެ މައްސަލަ
5 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރުމުން ބުނީ އެއީ ސަޕްލައިކުރަން ހަވާލުކުރި އެއްޗެއް ކަމަށް
މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 5.54 ކިލޯ ގްރާމް ހުރި
ފެނުނު ތަކެއްޗަކީ ސީދާ ބޭނުންކުރާ ތަކެތި ނޫން ކަމަށާއި، އެ ތަކެތި އެއްތަނުން އަނެއްތަކަށް ގެންގޮސްދިނުމަށް، އޭނާ އަށް ބޭނުންކުރާނެ މަސްތުވާތަކެތި ލިބޭ

5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހަކު 15 ދުވަހަށް ބަންދުކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށް ބަންދުކޮށްފައިވަނީ އދ. މަހިބަދޫ، އިބްރާހިމް ޖަމާލް (32) އެވެ. މަސްތުވާތަކެތީގެ މައްސަލައާއި ގުޅިގެން އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހަށް ގެންދިއުމަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ކަސްޓޯޑިއަލް ޖަލެއްގައެވެ.

މި މައްސަލައިގައި އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ގަރީނާއާއި، ސީނަށް ދިޔަ ފުލުހުންގެ ބަޔާންތަށް އަދި އިންޓެލިޖެންސް ރިޕޯޓާއި ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓް ހުށަހަޅާފައިވެއެވެ.

އަދި މީނާ ބަންދުގައި ބަހައްޓަން ޖެހޭ ހާލަތެއްގެ ގޮތުގައި ބުނެފައިވަނީ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަތެއް ކުރިމަތިވެދާނެކަމަށްޓަކައި ކަމަށެވެ.

Advertisement

މި މައްސަލައަކީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ މައްސަލައެކެވެ. އަދި މިތަކެތި ޓްރެފިކިންގ މިންގަނޑަށް އަރާ އިރު، މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 5.54 ކިލޯ ގްރާމް ހުއްޓެވެ. އަދި ތުހުމަތު ކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމަށާއި، މީނާގެ ކުޑަކަމުދާތަކެތި އޭއެމްޕީ އަދި އޯޕީއައި އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އައިއޯ ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން މީނާ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށާއި، މީނާގެ އަތުން ފެނިފައިވާ ތަކެތި ވާނީ ފުލުހުންނަށް ކިޔައިދީފައި ކަމަށާއި، ނަމަވެސް އެތަކެއްޗަކީ އޭނާގެ ތަކެތި ނޫން ކަމަށާއި، އެއީ އެއްތަނުން އަނެއްތަނަށް ޓްރާންސްފާ ކުރުމަށްޓަކައި ދިން ތަކެތި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަދި ފުލުހުން މީނާ ހައްޔަރުކުރި އިރު، ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ ތަކެތި ކަމަށް ފުލުހުން ބުނެފައިވާ އިރު، ބަންދުކުރެވުނު މީހާއަކި މަސްތުވާތަކެތި ވިއްކާ ވިޔަފާރި ކުރާ މީހެއް ނޫން ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެ ފެނުނު ތަކެއްޗަކީ ސީދާ ބޭނުންކުރާ ތަކެތި ނޫން ކަމަށާއި، އެ ތަކެތި އެއްތަނުން އަނެއްތަކަށް ގެންގޮސްދިނުމަށް، އޭނާ އަށް ބޭނުންކުރާނެ މަސްތުވާތަކެތި ލިބޭ ކަމަށް ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް