ކ. މާލެ
|
17 ސެޕްޓެންބަރ 2024 | އަންގާރަ 11:20
ރަޝިއާގެ ކާސްކް އެއަރޕޯޓުގެ ބޭރުން ދުން އަރަނީ
ރަޝިއާގެ ކާސްކް އެއަރޕޯޓުގެ ބޭރުން ދުން އަރަނީ
އޭޕީ
ޔޫކްރެއިން - ރަޝިއާ ހަނގުރާމަ
ރަޝިޔާގެ ދިފާއީ ނިޒާމުން ޔޫކްރެއިންގެ ގިނަ ޑްރޯންތަކެއް ނައްތާލައިފި
ޖުމްލަ 16 ޑްރޯނަށް ހަމަލާދީ ނައްތާލެވުނު ކަމަށް ރަޝިޔާގެ އޮފިޝަލުން ބުނެއެވެ.

ޝިޔާގެ ދިފާއީ ނިޒާމުން ޔުކްރެއިންގެ ގިނަ ޑްރޯން ތަކެއް ހޯމަ ދުވަހުގެ ރޭ ނައްތާލައިފި ކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

އަންގާރަ ދުވަހު ރަޝިޔާ އިން ބުނެފައިވަނީ، ރޭގަނޑުގެ ވަގުތެއްގައި ބްރިޔާންސްކް އަދި ކާރސްކް ސަރަޙައްދުގެ ބޯޑަރު މަތީގައި އުދުހެމުންދިޔަ ޔުކްރެއިންގެ 16 ޑްރޯން ރަޝިޔާގެ ވައިގެ ދިފާޢީ ނިޒާމުތަކުން ނައްތާލެވުނު ކަމަށެވެ.

މިނިސްޓްރީން ޓެލެގްރާމް މެސެޖިންގ އެޕްގައި ބުނެފައިވަނީ، މި ޑްރޯންތަކުގެ ތެރެއިން 15 ޑްރޯން ވައްޓާލީ ބްރިޔާންސްކް ސަރަހައްދުގެ މަތިން ކަމަށާއި، އަދި އަނެއް ޑްރޯން ވައްޓާލީ ވަނީ ކާރސްކް މަތިން އުދުހެނިކޮށް ކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް