Advertisement
ކ. މާލެ
|
17 ސެޕްޓެންބަރ 2024 | އަންގާރަ 11:17
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެވުނު އަލްއުސްތާޒް އައްބާސް ޝަރީފް
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެވުނު އަލްއުސްތާޒް އައްބާސް ޝަރީފް
ރާއްޖެއެމްވީ ގްރެފިކްސް
ޕީޖީގެ މަގާމަށް އައްބާސް
އައްބާސް ޕީޖީކަމަށް އައްޔަނު ކުރުމަށް މަޖިލީހުން ރުހުން ދީފި
ޖުޑީޝަރީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ވަނީ އަންގާރަ ދުވަހުގެ ޖަލްސާގައި ހުށަހަޅުއްވާފައި
އޭނާއަށް 90 އިންސައްތައަށްވުރެ މަތިން މާކްސް ލިބިފައިވާކަމަށް ހުސްނީ މުބާރަކް ވިދާޅުވި
އޭނާ މި މަޤާމަށް އައްޔަނު ކުރުމަށް ފެންނަކަމަށް 85 މެމްބަރަކު ވޯޓު ދެއްވި

ހ.ޔެލޯ ރޯޒް އަލްއުސްތާޒް އައްބާސް ޝަރީފް ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ޕީޖީގެ މަޤާމަށް އައްބާސް ޝަރީފް ހުށަހެޅުމާ ގުޅޭ މައްސަލައިގައި ޖުޑީޝަރީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ވަނީ އަންގާރަ ދުވަހުގެ ޖަލްސާގައި ހުށަހަޅުއްވާފައެވެ.

ހުސްނީ މުބާރަކް ވިދާޅުވީ، ޕީޖީގެ މަޤާމަށް އައްޔަނު ކުރުމަށް ފޮނުވާފައިވާ އައްބާސް ޝަރީފްގެ ކިބައިގައި ޕީޖީކަމުގެ ޝަރުތުތައް ހުރިތޯ ބެލި ބެލުމުން އޭނާއަކީ އެ ޝަރުތުތައް ފުރިހަމަވާ ފަރާތެއްކަމަށް ކަށަވަރު ކުރެވިފައިވާ ކަމަށާއި، އޭނާއާމެދު އާންމުންގެ ފަރާތުންވެސް އެއްވެސް ޝަކުވާއެއް ހުށަހަޅާފައިނުވާ ކަމަށެވެ.

Advertisement

އެހެންކަމުން ހޯމަ ދުވަހު ކޮމިޓީގައި އޭނާގެ އިންޓަވިއު ކޮށްފައިވާއިރު، އޭނާއަށް 90 އިންސައްތައަށްވުރެ މަތިން މާކްސް ލިބިފައިވާކަމަށް ހުސްނީ މުބާރަކް ވިދާޅުވިއެވެ. އެހެންވެ ކޮމިޓީގެ އިއްތިފާޤުން ފާސްކޮށްފައިވަނީ އައްބާސް އެ މަޤާމަށް އައްޔަނު ކުރުމަށް ފެންނަ ކަމަށެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓަށް ވޯޓަށް އަހާފައިވާއިރު، އޭނާ މި މަޤާމަށް އައްޔަނު ކުރުމަށް ފެންނަކަމަށް 85 މެމްބަރަކު ވޯޓު ދެއްވިއެވެ.

ހޯމަ ދުވަހު ކުރިއަށް ދިޔަ އިންޓަވިއުގައި އައްބާސް ވިދާޅުވީ މަގާމަށް އައްޔަން ކުރެވޭ ހިސާބުން ފެށިގެން ޕީޖީ އޮފީހުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި، ވަގުތަށް ވަރަށް ބޮޑަށް އިސްކަން ދޭނެ ކަމަށެވެ. އަދި ޕްރޮޑަކްޓިވިޓީ ރޭޓަށް ވަރަށް ބޮޑަށް ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް