Advertisement
ކ. މާލެ
|
17 ސެޕްޓެންބަރ 2024 | އަންގާރަ 11:18
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކުންފުނީގެ ޤާނޫނު
ސަރުކާރުން ހުށަހެޅި ގޮތަށް ކުންފުނީގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ފާސްކޮށްފި
ކޮމިޓީން ނިންމާފައިވަނީ މަޖިލީހަށް ހުށަހަޅާފައިވާ ގޮތަށް ބިލު ފާސްކުރުމަށް
މި ބިލު ފާސް ކުރަން ފެންނަކަމަށް މަޖިލީހުގެ 85 މެމްބަރަކު ވަނީ ވޯޓު ދެއްވާފައި

ސަރުކާރުގެ ފަރާތުން ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރު ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނަށް) އިސްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ކުންފުނީގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު އިޤްތިސާދީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު އަންގާރަ ދުވަހުގެ ޖަލްސާގައި ކޮމިޓީގެ މުޤައްރިރު، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ފަޒާދު ވަނީ އިއްވަވާފައެވެ. އެގޮތުން ކޮމިޓީން ނިންމާފައިވަނީ މަޖިލީހަށް ހުށަހަޅާފައިވާ ގޮތަށް ބިލު ފާސްކުރުމަށެވެ.

މި ބިލުގެ ތިންވަނަ ކިޔުން އިއްވައި، ވޯޓަށް އެހުންވެސް އަންގާރަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މި ބިލު ފާސް ކުރަން ފެންނަކަމަށް މަޖިލީހުގެ 85 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

Advertisement

ހޯމަ ދުވަހުވެސް ދައުރުން ބޭރުން ބާއްވާ ޚާއްސަ ޖަލްސާއެއް ކުރިއަށް ގެންގޮސްފައިވާއިރު، ޖަލްސާގެ އެޖެންޑާގައި އޮތީ ހަމައެކަނި މި ބިލުގެ މަސައްކަތް އެކަންޏެވެ.

މި ބިލު ބަލައިގަނެ، ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީއަށް ފޮނުވުމަށްވެސް ހޯމަ ދުވަހުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. އެއީ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި 77 މެމްބަރުންގެ ވޯޓުންނެވެ.

އެއާއެކު އިޤްތިސާދީ ކޮމިޓީގެ ބައްދަލުވުންވެސް ހޯމަ ދުވަހު ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ކޮމިޓީންވެސް ވަނީ މި ބިލު ފާސްކޮށްފައެވެ. ކޮމިޓީގައި ބިލުގެ މަސައްކަތް ނިންމަން ފެންނަ ތާރީޚެއް ކަނޑައެޅުމަށް ހުށަހެޅުމުން ސަރުކާރު މެމްބަރުން ވަނީ މިއަދުން މިއަދަށް ބިލުގެ މަސައްކަތް ކޮމިޓީން ނިންމުމަށް ފެންނަކަމަށް ފާސްކޮށްފައެވެ. އެހެންކަމުން ބިލު ދިރާސާކޮށް، ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި 8 މެމްބަރުންގެ އިއްތިފާޤުން 11 މިނެޓު ތެރޭގައި ބިލު ވަނީ ފާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް