ކ. މާލެ
|
16 ސެޕްޓެންބަރ 2024 | ހޯމަ 20:58
2024 ވަނަ އަހަރުގެ ސެޕްޓެމްބަރ 15 ވަނަ ދުވަހުގެ ރޭގަނޑު، އިޒްރޭލާއި ލެބަނޮންގެ ބޯޑަރު ސަރަޙައްދުގައި އިޒްރޭލުގެ ސިފައިންގެ ފްލެއަރތަކުން އުދަރެހުގެ ކުލަ އަލިގަދަވެފައި
2024 ވަނަ އަހަރުގެ ސެޕްޓެމްބަރ 15 ވަނަ ދުވަހުގެ ރޭގަނޑު، އިޒްރޭލާއި ލެބަނޮންގެ ބޯޑަރު ސަރަޙައްދުގައި އިޒްރޭލުގެ ސިފައިންގެ ފްލެއަރތަކުން އުދަރެހުގެ ކުލަ އަލިގަދަވެފައި
އޭއެފްޕީ
ހިޒްބުﷲ އާއެކު ޑިޕްލޮމެޓިކް ހައްލެއް ހޯދުން
ހިޒްބުﷲ އާއެކު ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް އޮތް ފުރުސަތު އަންނަނީ ހަނިވަމުން ކަމަށް އިޒްރޭލުގެ ދިފާއީ ވަޒީރު އެމެރިކާގެ ދިފާއީ ވަޒީރަށް ދަންނަވައިފި
ގަލަންޓްގެ މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު ހިޒްބުﷲ - އިޒްރޭލުގެ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް ވައިޓްހައުސްގެ ޚާއްޞަ މަންދޫބު އެމޯސް ހޮކްސްޓައިން އިޒްރޭލަށް ޒިޔާރަތްކުރައްވައި، އިޒްރޭލު ސިފައިންނާއި ހިޒްބުﷲ ގެ ބާރުތަކާ ދެމެދު ފާއިތުވި އެތަކެއް މަސްތަކެއްގައި މިސައިލް ހަމަލާތައް ބަދަލުކުރަމުންދާ މައްސަލައާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ހިޒްބުﷲ އާއެކު ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް އޮތް ފުރުސަތު އަންނަނީ ހަނިވަމުން ކަމަށް އިޒްރޭލުގެ ދިފާއީ ވަޒީރު އެމެރިކާގެ ދިފާއީ ވަޒީރަށް ދަންނަވައިފިއެވެ.

އިޒްރޭލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ހޯމަ ދުވަހު އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިންއަށް ދެންނެވި ކަމަށް ވަނީ ދެކުނު ލުބުނާންގައި އިރާނުގެ އެހީތެރިކަން ލިބިގެން ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތާއެކު ހިނގަމުންދާ ހަމަނުޖެހުމަށް ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް އޮތް ފުރުޞަތު ކުޑަވަމުން އަންނަ ކަމަށެވެ.

ގަލަންޓްގެ މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު ހިޒްބުﷲ - އިޒްރޭލުގެ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް ވައިޓްހައުސްގެ ޚާއްޞަ މަންދޫބު އެމޯސް ހޮކްސްޓައިން އިޒްރޭލަށް ޒިޔާރަތްކުރައްވައި، އިޒްރޭލު ސިފައިންނާއި ހިޒްބުﷲ ގެ ބާރުތަކާ ދެމެދު ފާއިތުވި އެތަކެއް މަސްތަކެއްގައި މިސައިލް ހަމަލާތައް ބަދަލުކުރަމުންދާ މައްސަލައާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ގަލަންޓް ފޯނުން އެމެރިކާގެ ދިފާއީ ވަޒީރުއާ ކުރެއްވި މަޝްވަރާގައި އިޒްރޭލުގެ ބޯޑަރުގެ އުތުރު ސަރަހައްދުގައި ސުލްހަ ގާއިމް ކުރުމަށް އޮނިގަނޑެއް އެކުލަވާލުމަށް އޮތް ފުރުސަތު ހަނިވަމުންދާ ކަމަށް ވިދާޅުވި ކަމަށް ގަލަންޓްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ގަލަންޓް ވިދާޅުވީ ހިޒްބުﷲ ޖަމާއަތުން ޣައްޒާގައި އިޒްރޭލާ ދެކޮޅަށް ހަނގުރާމަކުރާ ހަމާސް ޖަމާއަތާއެކު ގުޅުން ބަހައްޓަމުން ގެންދާހާ ހިނދަކު، "ކަންތައްތައް ދާނެ މިސްރާބު ސާފު" ކަމަށެވެ.

ހިޒްބުﷲ އާއި އިޒްރޭލާ ދެމެދު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ރޮކެޓާއި، އާޓިލަރީ ހަމަލާތަކާއި މިސައިލް ހަމަލާތައް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އަންނަނީ ބަދަލުކުރެވެމުންނެވެ. މިކަން މިހެން ހިނގާއިރު އިޒްރޭލުގެ ޖެޓް މަތިންދާބޯޓުތަކުން ލުބުނާނަށް ހަމަލާތައް ދީފައިވާކަން ފާހަގަ ކުރެވެއެވެ.

ހިޒްބުﷲ އިން ބުނެފައިވަނީ މިވަގުތު އިޒްރޭލާއެކު އެމީހުން ބޮޑު ހަނގުރާމައަކަށް ދާން ބޭނުން ނުވާކަމަށެވެ. އެހެން ނަމަވެސް އިޒްރޭލުން ހަނގުރާމައެއް ފަށައިފިނަމަ ހަނގުރާމަ ކުރާނެ ކަމަށް ބުނެފައިވެއެވެ.

އިޒްރޭލުގެ އޮފިޝަލުން ބުނަނީ ހިޒްބުﷲ ގެ ހަމަލާތަކުގެ ސަބަބުން އުތުރު އިޒްރޭލުގެ ބޮޑު ސަރަހައްދެއް ދިގު މުއްދަތަކަށް ހުސްކޮށްފައި ބޭއްވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަނެއްކޮޅުން އިޒްރޭލުން ޣައްޒާގައި ހަނގުރާމަ ހިންގަމުން، ދެކުނު ލުބުނާނަށް އިޒްރޭލު ސިފައިން އަރަން ތައްޔާރުވެފައިވާ މިންވަރާމެދުވެސް ސުވާލު އުފެދޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިކަން މިހެން އޮތްއިރު އިޒްރޭލު ސަރުކާރުގައި ހިމެނޭ ބައެއް ހަރުކަށި ފިކުރުގެ މެމްބަރުން ވަނީ އިޒްރޭލުން ހިޒްބުﷲ އާ ދެކޮޅަށް ފިޔަވަޅު އަޅާ އުތުރު ބޯޑަރުގެ ހަމަނުޖެހުންތައް ހައްލުކުރުމަށް އަވަސް ކުރުމަށް ގޮވާލާފައެވެ. ހޯމަ ދުވަހު، ނެޝަނަލް ސެކިއުރިޓީ މިނިސްޓަރ އިތްމާރ ބެން-ގަވީރް ވަނީ ގަލަންޓް ދިފާއީ ވަޒީރުކަމުން ވަކިކުރުމަށް ގޮވާލާފައެވެ.

އޭނާ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އުތުރު ބޯޑަރުގެ މައްސަލަ ހައްލުކުރުން އަވަސްކުރަން ޖެހޭ ކަމަށާއި، އެމަސައްކަތް ލީޑް ކުރުން ގަލަންޓަކީ އެކަށީގެންވާ މީހެއް ނޫންކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް