ކ. މާލެ
|
16 ސެޕްޓެންބަރ 2024 | ހޯމަ 10:48
މެޗުގައި ލަނޑު ޖެހުމަށްފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ގޯލް.ކޮމް
އިނގިރޭސި ޕްރިމިއާ ލީގު
އާސެނަލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
ލީގުގައި މިހާތަނަށް އާސެނަލް އިން ހަތަރު މެޗު ކުޅެފައިވާއިރު، ތިން މެޗުން މޮޅުވެ، އެއް މެޗުން އެ ޓީމު ވަނީ އެއްވަރުވެފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ޓޮޓެންހަމަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.

ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެ ޓީމުގެ މައްޗަށް އާސެނަލް އިން ކުރި ހޯދީ 1-0ންނެވެ. މިއީ އައު ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް އިން ކުޅުނު ހަތަރު ވަނަ މެޗެވެ. އޭގެ ތެރެއިން އެންމެ މެޗަކުން ޓޮޓެންހަމް މޮޅުވެފައިވާއިރު، އެއް މެޗު ވަނީ އެއްވަރުވެފަ އެވެ. ދެ މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ.

މެޗުގައި ޓޮޓެންހަމުން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެ ޓީމުގެ ފޯވާޑު ލައިންގައި ތިބި ޑޮމިނިކް ސޮލާންކޭ އަދި ސޮން ހެއުން މިން އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. މެޗުގައި އާސެނަލް އިން ޓޮޓެންހަމް ކޮޅަށް ލަނޑު ޖަހައި ލީޑު ނެގީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 64 ވަނަ މިނެޓުގައި އާސެނަލަށް އެ ލަނޑު ޖަހައިދިނީ ގަބްރިއެލް މަގާޅައެސް އެވެ. އޭނާ އެ ލަނޑު ޖަަހަން ފުރުސަތު ތަނަވަސްކޮށްދިނީ ބުކަޔޯ ސަކާ އެވެ.

ލީގުގައި މިހާތަނަށް އާސެނަލް އިން ހަތަރު މެޗު ކުޅެފައިވާއިރު، ތިން މެޗުން މޮޅުވެ، އެއް މެޗުން އެ ޓީމު ވަނީ އެއްވަރުވެފަ އެވެ. ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާ އެކު އާސެނަލް އޮތީ ދެ ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް