Advertisement
ކ. މާލެ
|
16 ސެޕްޓެންބަރ 2024 | ހޯމަ 09:28
ގްލޯބަލް ޑްރަގް ރިމާންޑް ޑިޓެކްޝަން މާސްޓަރ ޓްރައިނަރ އަލީ އަދީބު
ގްލޯބަލް ޑްރަގް ރިމާންޑް ޑިޓެކްޝަން މާސްޓަރ ޓްރައިނަރ އަލީ އަދީބު
ރާއްޖެއެމްވީ
މަސްތުވާތަކެތީގެ މައްސަލަ
މަސްތުވާތަކެތީގެ މައްސަލައަށް ޤަރުނެއްވެގެންދާއިރު، މި ދާއިރާގެ ފަރުވާގެ އެކަށީގެންވާ މީހުން ބިނާ ކުރެވިފައި ނެތް: އަދީބު
އެންމެ ރަނގަޅު ގޮތަކީ އެމީހެއްގެ މުޖުތަމައުގައި ހުރެގެން ފަރުވާ ހޯދޭނެ ނިޒާމެއް އޮތުން
ދާއިރާގެ ފަރުވާގެ އެކަށީގެންވާ މީހުން ބިނާ ކުރެވިފައިވެސް ނެތް

މަސްތުވާތަކެތީގެ މައްސަލައަށް ޤަރުނެއްވެގެންދާއިރު، މި ދާއިރާގެ ފަރުވާގެ އެކަށީގެންވާ މީހުން ބިނާ ކުރެވިފައި ނެތްކަމަށް ގްލޯބަލް ޑްރަގް ރިމާންޑް ޑިޓެކްޝަން މާސްޓަރ ޓްރައިނަރ އަލީ އަދީބު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ، މަސްތުވާތަކެތީގެ ފަރުވާގައި އެންމެ ރަނގަޅު ގޮތަކީ އެމީހެއްގެ މުޖުތަމައުގައި ހުރެގެން ފަރުވާ ހޯދޭނެ ނިޒާމެއް އޮތުން ކަމަށާއި، ނަމަވެސް މިއަދު އެފަދަ ނިޒާމެއް ނެތް ކަމަށެވެ.

Advertisement

އަދީބު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަށް ޤަރުނެއްވެގެންދާއިރު، މި ދާއިރާގެ ފަރުވާގެ އެކަށީގެންވާ މީހުން ބިނާ ކުރެވިފައިވެސް ނެތް ކަމަށާއި، ބިނާ ކުރެވިފައިވާ މީހުން ހިފެހެއްޓިފައިވެސް ނެތް ކަމަށެވެ. އެއީ ވަރަށް ހިތާމަ ހުރި ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އަދީބު އިތުރަށް ވިދާޅުވީ، ދުނިޔޭގެ އެކި ތަންތަނުން ފަންޑު ދީގެން ދިވެހިން މި ދާއިރާއިން ތަމްރީނު ހޯދާފައިވާ ކަމަށާއި، ނަމަވެސް އެ މީހުން ހިފެހެއްޓޭނެ އެކަށީގެންވާ ނިޒާމެއް ރާއްޖޭގައި ޤާއިމު ކުރެވިފައި ނެތް ކަމަށެވެ.

އެފަދަ ނިޒާމެއް ނެތް އަޅުގަނޑުމެންނަށް އުފެއްދިފައެއް މިހާ ހިސާބަށް އައިއިރުވެސް އިނގޭތޯ، ދެތިން ފަރުވާއެއް މި އޮންނަނީ ހުރިހާ އެންމެން ދާންޖެހޭވެސް، އަނެއްކާ މިހާ ހިސާބަށް އައިއިރު މީހުން ބިނާ ކުރެވިފައެއްވެސް ނެތް އިނގޭތޯ، މިއީވެސް ވަރަށް ހިތާމަހުރި ކަމެއް.
ގްލޯބަލް ޑްރަގް ރިމާންޑް ޑިޓެކްޝަން މާސްޓަރ ޓްރައިނަރ އަލީ އަދީބު

އޭގެ އިތުރުން، ރާއްޖޭގައި މަސްތުވާތަކެތީގެ ފަރުވާ ދިނުމުގެ ހަރުދަނާ އުސޫލެއް ނެތްކަމަށްވެސް އަދީބު ވިދާޅުވިއެވެ. މިއީ އެކި ސަރުކާރުތަކުގައިވެސް އޮތް ކަންބޮޑުވުމެއްކަން ފާހަގަ ކުރައްވައި އަދީބު ވަނީ އައު އިމާރަތްތަކެއް އެޅުމުގެ ބަދަލުގައި މިހާރު ހުރި ތަންތަން އިތުރަށް ތަރައްޤީ ކުރެވޭތޯ މަސައްކަތްތަކެއް ކުރުމަށް ގޮވާލައްވާފައެވެ.

އަދީބު ވިދާޅުވީ، މަސްތުވާތަކެތީގެ ފަރުވާގެ ވާހަކަ ދައްކާއިރު، ރާއްޖޭގައި މަސްތުވާތަކެތީގެ ޙާލަތު އޮތް ގޮތްވެސް އެކަށީގެންވާ ގޮތެއްގައި ބަލަންޖެހޭނެ ކަމަށެވެ.

އަދި އެކަންކަން ބެލުމަށްފަހު، ރާއްޖޭގެ މުޖުތަމައަށް އެންމެ އެކަށީގެންވާ ފަރުވާގެ ނިޒާމުތައް ދެނެ ނުގަނެވޭނެމަ، ދައުލަތުން ބޭކާރު ގޮތުގައި އެތައް ހޭދައެއް ކުރަންޖެހޭކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މިހާރު އިތުރު މީހުން މި ދާއިރާއިން ތަމްރީނު ކުރުމުގެ މަސައްކަތްތަކެއް ކުރެވެމުންދާއިރު، އެކަށީގެންވާ ތަމްރީނު ލިބިފައިވާ މުވައްޒަފުން މަސައްކަތަށް ގުޅުމަކީ ރަނގަޅު ބަދަލެއްކަމަށް އުއްމީދު ކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް