ކ. މާލެ
|
15 ސެޕްޓެންބަރ 2024 | އާދީއްތަ 11:10
ވެލިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކުރުން
ވެލިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކުރުން
މޯލްޑިވްސް ޕޮލިސް ސާރވިސް
ޑްރަގް އޮޕަރޭޝަން
ވެލިދޫގައި ހިންގި ޑްރަގް އޮޕަރޭޝަން: ޑްރަގާއި ބައިލައްކައަށްވުރެ ގިނަ ރުފިޔާ ފެނިފައިވޭ
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން
50000ށް ވުރެ ގިނަ ދިވެހި ރުފިޔާއާއި ޔޫއެސްޑޮލަރު ފެނިފައިވޭ

ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން ނ. ވެލިދޫގައި ހިންގި މަސްތުވާތަކެތިގެ އޮޕަރޭޝަނުގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދޭ ގޮތުގައި މި ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ވެލިދޫގެ ބައެއް ގޭގެ ބަލައި ބަލައިފާސްކޮށްފައިވާއިރު، އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ.

ފުލުހުންނާ ސުވާލު ކުރުމުން ފުލުހުން ބުނެފައިވަނީ މިތަކެތީގެ ވަގުތީ ބަރުދަނަކީ 1547.44 ގްރާމް ކަމަށާއި، އޭގެ އިތުރުން 5000ށް ވުރެ ގިނަ ދިވެހި ރުފިޔާއާއި ޔޫއެސްޑޮލަރު ފެނިފައިވާކަމަށެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި އޮޕަރޭޝަނުގައި 7 މީހުން ހައްޔަރުކޮށް އެމީހުންގެ ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކަކު ވަނީ ދޫކޮށްލާފައެވެ. ދެންތިބި 6 މީހުންގެ ތެރެއިން އެކަކު 8 ދުވަހަަށް އަދި 5 މީހުން 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. އެގޮތުން 8 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ އަޙްމަދު މުރުޝިދު (35އ) އެވެ. 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ޢަބްދުﷲ ނިޝާދު (26އ)، އަޙްމަދު އަޞީމް (26އ)، އަޙްމަދު ނައުޝާދު (28އ)، ޢަލީ ރަޝީދު (30އ) އަދި މުޙައްމަދު މާޢިދު (28އ) އެވެ.

މި މީހުންގެ އިތުރުން ވެސް މި އޮޕަރޭޝަނުގައި، އިތުރު މީހުން ބަލައިފާސްކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

- ކޮމެންޓް