Advertisement
ކ. މާލެ
|
13 ސެޕްޓެންބަރ 2024 | ހުކުރު 01:31
އައްޑޫ މަރަދޫ ދާއިރާގެ މެންބަރު ދީދީ
އައްޑޫ މަރަދޫ ދާއިރާގެ މެންބަރު ދީދީ
ރާއްޖެއެމްވީ
ސަރުކާރުން ރައްޔިތުންނަށް އޮޅުވާލުން
ކޮތަރެއް އުދުހުނަސް ރައީސްއަށް ހީވަނީ ސިހުރު ހަދާ ބަޣާވާތެއް ކުރަން އުޅޭހެން - ދީދީ
ޗާގޯސްގެ ވާހަކަ އެހުމުން އެކަމަށް މިއަދު ދޭނެ ޖަވާބެއްވެސް މި ސަރުކާރުގެ އިސްވެރިންގެ ނެތް
ކަމެއްވާއިރަށް އެކަމެއް ތަހުގީގުކުރުމަށް ހޯމް މިނިސްޓަރަށް ދަންނަވަންޖެހޭ

މުލީއާގެ މަތިން ކޮތަރު 'ބައިގަނޑެއް' އުދުހުނަސް ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ހީފުޅުވަނީ ބަޔަކު ސިހުރު ހަދާ ބަޣާވާތެއް ކުރަން އުޅޭހެން ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ދަނޑިކޮށި ޖަގަހަ ޖަލްސާފައި ވާހަކަ ދައްކަވަމުން އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވީ މުލިއާގެ މަތިން ކޮތަރު 'ބައިގަނޑެއް' ދިޔަޔަސް ދެކަމަކަށް ފެހި ސިގްނަލް އަންނަ ކަމަށެވެ. އެއްކަމަކީ ސިހުރެއް ކަމަށާއި، ނޫނީ ބަޣާވާތެއް ކަމަށެވެ. މިއީ ގައުމުގެ ވެރިމީހާގެ ހާލަތު ހުރި މިންވަރު ކަމަށާއި، ކަމެއްވާއިރަށް އެކަމެއް ތަހުގީގުކުރުމަށް ހޯމް މިނިސްޓަރަށް ދަންނަވަންޖެހޭ ކަމަށެވެ.

Advertisement

ރައީސްގެ ހާލުކޮޅަކީ މިއީ ކަމަށާއި، ގައުމާއި ދޭތެރޭގައި ވިސްނާނެ ވަގުތުކޮޅެއް އެމަނިކުފާނަކަށް ލިބިވަޑައިނުގަންނަވާ ކަމަށް ދީދީ ވިދާޅުވިއެވެ.

އަޅުގަނޑުމެން ގުނަމުން މިދަނީ ދިހަވަނަ މަސް. މި ސަރުކާރު އައި ފަހުން. ވައުދުވި އެއްވެސްކަމެއް އެބަވޭތޯ. އަރަބިންނާއި އިސްލާމުންނަށް ދައްކަންވެގެން ވަރަށް ބޮޑު ހެޑްލައިނެއް ހަދާލި. އިސްރާއިލުގެ ޕާސްޕޯޓު ބޭންކުރީއޯ. ދެން މުސްލިމުންގެ ގޮތުގައި ތިބި ފަލަސްތީނަށް ތާއިދުކުރާ ވަރަށް ގިނަ ބަޔަކު އެވާހަކަ ދައްކާ ތައުރީފް ކުރަމުންދިޔަ. ނަމަވެސް އެބޭފުޅުންނަށް ނޭނގުނީ މިއީ ދޮނގު ދޮލަގު ހަދައިގެން ދޮގު މައްޗަށް ދޮގު ހަދަމުން އަންނަ ބައެއްކަން. މިއަދު އެބޭފުޅުންނަށްވެސް އެނގިއްޖެ މިއީ ދޮގު ހަދާބައެއްކަން.
އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

ދީދީ ވިދާޅުވީ ޗާގޯސް ކަނޑުވިއްކާލި ވާހަކަ މި ސަރުކާރުން ދައްކާ ވެރިކަމަށް އަންނަތާ 100 ދުވަސް ތެރޭގައި ކަނޑު ހޯދުމުގެ މަސައްކަތް ފަށާނެކަމަށް ބުނެ ދޮގު ހެދި ކަމަށެވެ. އަދި އައްޑޫއަށް މި ބޭބޭފުޅުން އައްޑޫ އަށް ވަޑައިގަތުމުން ޗާގޯސްގެ ވާހަކަ އެހުމުން އެކަމަށް މިއަދު ދޭނެ ޖަވާބެއްވެސް މި ސަރުކާރުގެ އިސްވެރިންގެ ނެތް ކަމަށް ދީދީ ވިދާޅުވިއެވެ.

ދީދީ ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމުގައި މަސްކިލޯއެއްގެ އަގު 20 ރުފިޔާއަށްވުރެ ދަށް ނުކުރާނެ ކަމަށް ވިދާޅުވި އިރު، މިއަދު 14 ރުފިޔާއަށްވެސް މަސްކިލޯއެއް ނުވިއްކޭ ކަމަށެވެ. މަސްވެރިންގެ އާމްދަނީ ހުސްވެ އިތުރު ގޮތެއް ނެތިފައި މަސްވެރިން އެބަތިބި ކަމަށާއި، މަސްވެރިން މިއަދު ތިބީ ގޮތް ހުސްވެފައި ކަމަށެވެ.

މަސްވެރިން ތިބީ ބިކަ ހާލުގައި. ކްރެޑިޓަށް ދޭ ބިލު ހިފައިގެން ދިޔައީމަ އެއަށް ތެޔޮ ނުލިބޭ. މަސްވެރިން މިތިބީ ނިކަމެތިކޮށްފައި ހުވަފެން ދައްކާފައި. ކުރިމަގަށް އެއްވެއް އުޖާލާކަމެއް ނުފެނޭ.
އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

ދިދީ ވިދާޅުވީ ފަތުރުވެރިކަމާއި އިންވެސްޓްމަންޓް ދާއިރާވެސް އޮތީ މިފަދައިން ކަމަށެވެ. ސަރުކާރުން ކުރާހާވެސް ކަމަކީ ދޮގު ހެދުމާއި އޮޅުވާލުން ކަމަށާއި، ރާއްޖޭގެ ރައްޔިތުންނަށް ކުރީ ސަރުކާރުން ކޮށްދިން ކަންކަންވެސް ހުއްޓާލާފައިވާ ކަމަށެވެ. އަދި މިއީ ނާގާބިލު ސަރުކާރެއް ކަމަށާއި، ރައްޔިތުންނަށް މި ސަރުކާރުން ކުރި ފައިދާއެއް ނެތް ކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް