ކ. މާލެ
|
11 ސެޕްޓެންބަރ 2024 | ބުދަ 19:27
މީގެ ސަބަބުން ބީއެމްއެލް ނުވަތަ މާލީ ދާއިރާގެ އެހެން އިދާރާއަކުން ދާއިމީ ވަޒީފާއެއް ހޯދުމަށް ފުރުސަތު ހުޅުވިގެންދާނެ
މީގެ ސަބަބުން ބީއެމްއެލް ނުވަތަ މާލީ ދާއިރާގެ އެހެން އިދާރާއަކުން ދާއިމީ ވަޒީފާއެއް ހޯދުމަށް ފުރުސަތު ހުޅުވިގެންދާނެ
ބީއެމްއެލް
ބީއެމްއެލް އިން ގްރެޖުއޭޓް އިންޓަރންޝިޕް
ބީއެމްއެލް އިން މިއަހަރުގެ ގްރެޖުއޭޓް އިންޓަރންޝިޕް ޕްރޮގްރާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
މި އިންޓާންޝިޕް ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ބައިވެރިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ފޯރުކޮށްދިނުމެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ ގްރެޖުއޭޓް އިންޓަރންޝިޕް ޕްރޮގްރާމަށް ހުށަހެޅުމުގެ ފުރުސަތު ބުދަދުވަހު ހުޅުވާލައިފިއެވެ.

މި ޕްރޮގްރޮގްރާމަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް އެއް އަހަރުގެ މުއްދަތަކަށް ހިންގޭ ޕްރޮގްރާމެކެވެ. މި އިންޓާންޝިޕް ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ބައިވެރިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، ބީއެމްއެލް ނުވަތަ މާލީ ދާއިރާގެ އެހެން އިދާރާއަކުން ދާއިމީ ވަޒީފާއެއް ހޯދުމަށް ފުރުސަތު ހުޅުވިގެންދާނެއެވެ. ޕްރޮގްރާމްގެ މުއްދަތުގައި ބައިވެރިންނަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ

މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ކޮންމެ މަހަކު 6،000 ރުފިޔާގެ މުސާރަ ލިބޭނެއެވެ. އަދި ރަމަޟާން މަހުގެ ބޯނަސް އާއި ޕެއިޑް ލީވްގެ އިނާޔަތްވެސް ލިބިގެންދާނެއެވެ. ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ސެޕްޓެމްބަރު 2024 ގެ ކުރިންhttps://careers.bankofmaldives.com.mvއަށް އޮންލައިންކޮށް ހުށަހެޅުމަށް ވަނީ ބުނެފައެވެ. ބައިވެރިވުމުގެ ޝަރުތުތަކާއި އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓްhttps://www.bankofmaldives.com.mv/work-with-us/graduate-internship-programއިން ލިބެން ހުންނާނެ ކަމަށް ވެސް ބޭންކުން ބުނެއެވެ. މި ޕްރޮގްރާމަކީ ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތަޖުރިބާ ހޯދައި، އަމިއްލަ ޤާބިލުކަން އިތުރުކޮށް، ކެރިއަރ ކުރިއެރުވުމަށް މަގުފަހިކޮށްދޭ މުހިންމު ފުރުސަތެއްކަމުގައި ބީއެމްއެލްއިން ފާހަގަކޮށްފައިވެއެވެ.

އަދި މީގެ އިތުރުން ބީއެމްއެލް ސްކޮލަރޝިޕް ފަންޑުގެ ދެވަނަ ބެޗްގެ ސްކޮލަރޝިޕް ލިބުނު ދަރިވަރުން ޔޫކޭ އަށް ފުރުމަށް ވެސް ވަނީ ހަމޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް