ކ. މާލެ
|
11 ސެޕްޓެންބަރ 2024 | ބުދަ 11:03
ޕެރަގުއޭ އާއި ބްރެޒިލް ކުޅުނު މެޗުގެ ތެރެއިން
ޕެރަގުއޭ އާއި ބްރެޒިލް ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން
ޕެރަގުއޭ އަތުން ބްރެޒިލް ބަލިވެއްޖެ
ބައްޔާއެކު ބްރެޒިލް ވަނީ ކޮލިފިކޭޝަންގެ ފަސް ވަނަ އަށް ވެއްޓިފަ އެވެ. އެއީ މިހާތަނަށް ކުޅުނު އަށް މެޗުން 10 ޕޮއިންޓު ހޯދައިގެންނެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުން ބްރެޒިލް ބަލިވެއްޖެ އެވެ.

ބުދަ ދުވަހުގެ ފަތުހު ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުން ބްރެޒިލް ބަލިވީ 1-0 އިންނެވެ. އޭގެ ކުރިން ކޮލިފިކޭޝަންގައި އެކުއެޑޯއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ބްރެޒިލަށް ހޯދުނީ އުނދަގޫ މޮޅެކެވެ.

ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗު ފަށައިގެން 20 ވަނަ މިނެޓުގައި ޕެރަގުއޭ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ޑިއޭގޯ ގޮމޭޒް އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގައި ޕެރަގުއޭ އަށް ލީޑު ފުޅާ ކޮށްދޭން ހޫލިއޯ އެންސިސްކޯ އަށް ވެސް ވަނީ ފުރުސަތު ލިބިފަ އެވެ. މެޗުގައި ލަނޑު ޖަހާނެ ފުުރުސަތު ބްރެޒިލަށް ވެސް ވަނީ ލިބިފަ އެވެ. ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ އަދި ރޮޑްރީގޯ އަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ.

ބައްޔާއެކު ބްރެޒިލް ވަނީ ކޮލިފިކޭޝަންގެ ފަސް ވަނަ އަށް ވެއްޓިފަ އެވެ. އެއީ މިހާތަނަށް ކުޅުނު އަށް މެޗުން 10 ޕޮއިންޓު ހޯދައިގެންނެވެ. ބްރެޒިލް އަތުން މޮޅުވި ޕެރަގުއޭ ހަތް ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް