Advertisement
ކ. މާލެ
|
9 ސެޕްޓެންބަރ 2024 | ހޯމަ 14:39
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
މަޖިލިސް
ޕީޖީ އައްޔަނު ކުރުން
އާ ޕީޖީއަކު އައްޔަންކުރުމަށް ދައުރުން ބޭރު ޖަލްސާއެއް ބުދަ ދުވަހުގެ ރޭ
ބުދަ ދުވަހުގެރޭ ޖަލްސާ ބޭއްވުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުން
ޕީޖީ ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހަމަވަނީވެސް ބުދަ ދުވަހަށް

ޕްރޮސެކިއުޓާ ޖެނެރަލްކަމަށް ބޭފުޅަކު އައްޔަނު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދައުރުން ބޭރުން ބާއްވާ ޖަލްސާ ބުދަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ޕީޖީ ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހަމަވަނީވެސް ބުދަ ދުވަހަށެވެ. އެހެންކަމުން ބުދަ ދުވަހުގެރޭ ޖަލްސާ ބޭއްވުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ޕީޖީ ކަމުގެ މަޤާމުގައި ކުރިން ހުންނެވި ހުސައިން ޝަމީމް މަގާމުން އިސްތިއުފާ ދެއްވައިފައި ވަނިކޮށް އޭނާ މަޤާމުން ވަކިކުރުމުގެ މައްސަލާގައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓްގެ ބަހުސް މަރުހަލާ ނިންމާލާ ކޮމިޓީ ރިޕޯޓަށް ވޯޓަށް އަހާ އޭނާ މަގާމުން ވަކިކޮށްފައިވަނީ 22 އޯގަސްޓުގައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް މަޤާމުން ވަކިކުރުމަށް ނިންމާފައި ވަނީ މިހާރު މަޖިލީހުގައި އޮތް ޕީއެންސީގެ ބޮޑު މެޖޯރިޓީ ބޭނުންކޮށްގެން ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އެގޮތުން ޕީޖީ ވަކިކުރުމުގެ މަރުހަލާ މަޖިލީހުގައި ކުރިއަށް ގެންދިޔަ ގޮތަށް ބޮޑެތި ފާޑުކިޔުންތަކެއްވެސް އަމާޒުވެފައިވެއެވެ.

އެ މައްސަލަ ޖުޑީޝަރީ ކޮމިޓީ އަށް ލިބުނު އިރު އެ މައްސަލައިގައި 8 ނުކުތާ އެއް ހިމެނެއެވެ. އެ މައްސަލަ އަށް ޖަވާބު ދިނުމަށް ޝަމީމް ކޮމިޓީ އަށް ވަޑައިގަތުމުން އެ ކޮމިޓީ ކުރިއަށް ގެންދިޔައީވެސް ސިއްރު ކޮށްގެންނެވެ. އެއާއި އެކު ކޮމިޓީ ސިއްރު ކުރި ސަބަބު ސާފުކުރަން އެމްޑީޕީން ބޭނުންވި ނަމަވެސް އެއަށް ޖަވާބެއް ދީފައެއް ނުވެއެވެ.

Advertisement

އަދި ކޮމިޓީ ސިއްރުކުރަން ޖެހޭ ސަބަބެއް ނެތި އެކަން ކުރެއްވުމަށް ފަހު މަޖިލީހަށް ހުށަހެޅުއްވި ކޮމިޓީ ރިޕޯޓްގައި ވެސް އެ ކޮމިޓީ ސިއްރުވި ސަބަބު ނެތް ކަމަށް އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޕީޖީ ޖަވާބުދާރީވުމުގެ މަރުހަލާ ދެ ފުށް ފެންނަ ގޮތަށް ކުރިއަށް ގެންދަން ޝަމީމް އެދިވަޑައިގަން ނަމަވެސް އެކަން ކޮށްދީފައި ނުވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އޭގެ އިތުރުން، ޝަމީމް ވަކި ކުރަން ވޯޓު ނެގިއިރު އިސްތިއުފާ ސިޓީ ރައީސް އޮފީހުން އޮތީ ބަލައިވެސްގެންފައެވެ.

ވޯޓު ނެގުމަށް ފަހު ވެސް އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ލިބިފައިވޭތޯ ސާފު ކުރުމަށް ގުޅުމުން ވެސް ސިޓީ ލިބިފައި ނެތް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދިން ކަމަށް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާ ގެ މެންބަރު ނާޒިމް އޭރު ވިދާޅުވި އެވެ. އެހެންނަމަވެސް އެ ސިޓީ ލިބިފައިވާކަމަށް ރައީސް އޮފީހުން އޭރު އޮތީ ޖަވާބުވެސް ދީފައެވެ. އެގޮތުން އެރޭ 21:06 ގައި ރައީސް އޮފީހުން އޮތީ އީމެއިލްގެ ޒަރިއްޔާއިން ރިޕްލައިވެސް ކޮށްފައެވެ.

އެހެންކަމުން އަވަސް އަރުވާލައިގެން މަޖިލީހުން ނެގި ވޯޓާމެދު ސުވާލު އުފެދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް