Advertisement
ކ. މާލެ
|
9 ސެޕްޓެންބަރ 2024 | ހޯމަ 13:13
ބަންޑާރަ ނައިބުގެ އޮފީހުގެ ޕީއެސްގެ މަޤާމަށް ސުލްޠާނާ ޝާކިރު
ބަންޑާރަ ނައިބުގެ އޮފީހުގެ ޕީއެސްގެ މަޤާމަށް ސުލްޠާނާ ޝާކިރު
އޭޖީ އޮފީސް
ބަންޑާރަ ނައިބުގެ އޮފީހުގެ ޕީއެސް
ބަންޑާރަ ނައިބުގެ އޮފީހުގެ ޕީއެސްގެ މަޤާމަށް ސުލްޠާނާ ޝާކިރު
އޭނާ ދާދި ފަހުން ވަނީ ހައިކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރ ކޮންޓްރެކްޓްގެ މަޤާމު ފުރުއްވާފައި
ކުރިންވެސް ބަންޑާރަ ނާއިބުގެ އޮފީހުގެ ޕީއެސް އަކަށް ހުންނެވި

ބަންޑާރަ ނައިބުގެ އޮފީހުގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އަލްފާޟިލާ ސުލްޠާނާ ޝާކިރު އައްޔަނު ކޮށްފިއެވެ.

އޭނާ ދާދި ފަހުން ވަނީ ހައިކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރ ކޮންޓްރެކްޓްގެ މަޤާމު ފުރުއްވާފައެވެ. އެގޮތުން ޝަރުޢީ ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންގެ މަގާމަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ އުސޫލުގެ ދަށުން، ހައިކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރ ކޮންޓްރެކްޓްގެ މަގާމަށް އަލްފާޟިލާ ސުލްޠާނާ ޝާކިރު އައްޔަން ކުރައްވާފައިވަނީ، 26 ނޮވެންބަރު 2023 ގައެވެ.

Advertisement

އަލްފާޟިލާ ސުލްޠާނާ ޝާކިރުވަނީ 2004 ވަނަ އަހަރު ނިއުޒީލެންޑުން ބެޗިލަރ އޮފް ސޯޝަލް ސައިންސް ފުރިހަމަ ކުރެއްވުމަށް ފަހު، 2009 ވަނަ އަހަރު، މެލޭޝިޔާއިން މާސްޓަރ އޮފް ޕަބްލިކް ޕޮލިސީ ފުރިހަމަ ކުރައްވާފައެވެ.

އޭނާ ކުރިން ފުރުއްވާފައިވާ މަގާމްތަކުގެ ތެރޭގައި، ބަންޑާރަ ނާއިބުގެ އޮފީހުގެ ޕަރމަނެންޓް ސެކްރެޓަރީކަމާ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސިކިއުރިޓީގެ ޑެޕިއުޓީ މިނިސްޓަރ އެންޑް ފައިނޭންސް އެގްޒެކެޓިވްގެ މަގާމާ، އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރުގެ މަގާމް އަދި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެސިސްޓެންޓް ޑިރެކްޓަރުކަމުގެ އިތުރުން ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ހިއުމަން ރިސޯސް މެނޭޖަރުކަން ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް