Advertisement
ކ. މާލެ
|
9 ސެޕްޓެންބަރ 2024 | ހޯމަ 11:09
ހުޅުމާލޭ ޕޮލިސް ސްޓޭޝަނުގެ ލައިޓް ތަޅާލައިގެން ހައްޔަރު ކުރެވުނު ޒައިދާން މުޙައްމަދު ޒާހިރު
ހުޅުމާލޭ ޕޮލިސް ސްޓޭޝަނުގެ ލައިޓް ތަޅާލައިގެން ހައްޔަރު ކުރެވުނު ޒައިދާން މުޙައްމަދު ޒާހިރު
ޕޮލިސް
ޕޮލިސްޓޭޝަނަށް ގެއްލުން ދިނުން
ހުޅުމާލޭ ފޭސް 1ގެ ޕޮލިސް ސްޓޭޝަނުގެ ލައިޓް ތަޅާލި މީހަކު ހައްޔަރުކޮށްފި
ޒައިދާން މުޙައްމަދު ޒާހިރު ބަލައި ފާސްކުރިއިރު، އޭނާ ލައިގެން ހުރި ޖީންސްގެ ޖީބުން މަސްތުވާތަކެތި ވެސް ވަނީ ފެނިފަ

ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަންގެ ހުޅަނގުފަރާތު ދޮރުގެ ލައިޓް ތަޅާލި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އާދިއްތަ ދުވަހުގެ ފަތިހު 4:15 އެހައިކަންހާއިރު ކަމަށް ފުލުހުުން ބުނެއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގަައި މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ، ކ. މާލެ، ހ. ހެމަވަތި، ޒައިދާން މުޙައްމަދު ޒާހިރު އެވެ. ޒައިދާން މުޙައްމަދު ޒާހިރަކީ ނުރައްކާތެރިކޮށް ސައިކަލު ދުއްވުމުގެ ސަބަބުން އޭނާގެ ސައިކަލު ޓޯ ކުރުމުން, ސައިކަލާއި ހަވާލުވުމަށް ފުލުހަށް ހާޒިރުވި މީހެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ޕޮލިސްޓޭޝަނަށް އޭނާ ގެއްލުންދީފައިވަނީ ސައިކަލާ ހަވާލުވުމަށް ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށްފަހު އެވެ.

Advertisement

ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، ޒައިދާން މުޙައްމަދު ޒާހިރު ބަލައި ފާސްކުރިއިރު، އޭނާ ލައިގެން ހުރި ޖީންސްގެ ޖީބުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި އެއް ރަބަރު ޕެކެޓް ވަނީ ފެނިފައިއެވެ.

މި ވަގުތު ޒައިދާން މުޙައްމަދު ޒާހިރުގެ މައްޗަށް ތުހުމަތުކުރެވޭ ދެ މައްސަލަ ކަމަށްވާ ޕޮލިސް ސްޓޭޝަނަށް ގެއްލުންދިނުމާއި މަސްތުވާތަކެތި ގެންގުޅުނު މައްސަލަ ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް