ކ. މާލެ
|
2 ސެޕްޓެންބަރ 2024 | ހޯމަ 10:18
މާޒިޔާގެ ފަރިތަކުރުންތަކުގެ ތެރެއިން ކޯޗު ޑްރަގަން ޑުކަނޯވިޗް
މާޒިޔާގެ ފަރިތަކުރުންތަކުގެ ތެރެއިން ކޯޗު ޑްރަގަން ޑުކަނޯވިޗް
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
އައު ކޯޗާ އެކު މާޒިޔާގެ ފަރިތަކުރުންތައް ފަށައިފި
މާޒިޔާގެ ކޯޗަކަށް އޭނާ ހަމަޖެއްސީ ކުރިއަށް އޮތް އޭއެފްސީ ޗެލެންޖް ލީގަށް ތައްޔާރުވުމުގެ ގޮތުންނެވެ.

ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި ބިދޭސީ ކޯޗު ޑްރަގަން ޑުކަނޯވިޗްއާ އެކު އެ ކުލަބުގެ ފަރިތަކުރުންތައް ފަށައިފި އެވެ.

މާޒިޔާގެ ފަރިތަކުރުންތައް އާދިއްތަ ދުވަހު ފަށާފައި ވަނީ ގަލޮޅު ރަސްމީ ދަނޑުގަ އެވެ. މިދިޔަ ހަފުތާގެ ބުދަ ދުވަހު މާޒިޔާ އިން ވަނީ އެ ކުލަބުގެ ކޯޗަކަށް އުމުރުން 54 އަހަރުފެ ޑުކަނޯވިޗް ހަމަޖައްސައިފަ އެވެ މާޒިޔާގެ ކޯޗަކަށް އޭނާ ހަމަޖެއްސީ ކުރިއަށް އޮތް އޭއެފްސީ ޗެލެންޖް ލީގަށް ތައްޔާރުވުމުގެ ގޮތުންނެވެ.

އޭއެފްސީ ޗެލެންޖް ލީގަށް މާޒިޔާ އިން ފަރިތަކުރުންތައް ފަށާފައިވާއިރު، މުބާރާތް އޮންނާނީ އަންނަ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. މުބާރާތުގައި މާޒިޔާ ހިމެނިފައި އޮތީ ވެސް ވަރުގަދަ ގްރޫޕެއްގަ އެވެ. މާޒިޔާ އާއެކު އެ ގްރޫޕު ބީގައި އޮތީ ކުވޭތުގެ އަލް އަރަބީ، ތުރުކުމެނިސްތާންގެ އެފްސީ އާކަޑާ އަދި ކަޒަކިސްތާނުގެ އެފްސީ އަބްޑީޝް އަޓާ އެވެ. މި ގްރޫޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ކުވޭތުގަ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު މާޒިޔާ ނިކުންނާނީ އާކަޑާއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު މާޒިޔާ ނިކުންނާނީ އަލް އަރަބީއާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު މާޒިޔާ ނިކުންނާނީ އަބްޑީޝްއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް