Advertisement
ކ. މާލެ
|
20 އޮކްޓޯބަރ 2025 | ހޯމަ 11:08
ލީގުގައި މީގެ ކުރިން މާޒިޔާ އިން ކުޅުނު މެޗެއްގައި ލަނޑު ޖެހުމަށް ފަހު ހަމްޕު އުފާ ފާޅު ކުރަނީ
ލީގުގައި މީގެ ކުރިން މާޒިޔާ އިން ކުޅުނު މެޗެއްގައި ލަނޑު ޖެހުމަށް ފަހު ހަމްޕު އުފާ ފާޅު ކުރަނީ
ފަޔާޒު މޫސާ / މިހާރު
ދިރާގު ދިވެހި ޕްރިމިއާ ލީގު
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް
އާދީއްތަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު މާޒިޔާ އިން ކާމިޔާބު ކުރީ 4-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި މާާޒިޔާ އިން ދެ ލަނޑު ޖެހިއިރު، ޔޫވީ އިން ލަނޑެއް ޖެހި އެވެ. މެޗުގެ ދެ ވަނަ ހާފުގައި މާޒިޔާ އިން ވަނީ އިތުރު ދެ ލަނޑު ޖަހައިފަ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑު ވިކްޓްރީ (ޔޫވީ)އާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން އެއް ވަނަ އަށް ޖެހިލަައިފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު މާޒިޔާ އިން ކާމިޔާބު ކުރީ 4-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި މާާޒިޔާ އިން ދެ ލަނޑު ޖެހިއިރު، ޔޫވީ އިން ލަނޑެއް ޖެހި އެވެ. މެޗުގެ ދެ ވަނަ ހާފުގައި މާޒިޔާ އިން ވަނީ އިތުރު ދެ ލަނޑު ޖަހައިފަ އެވެ.

މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ ސާޖިއޯ އިގްލޭސިއަސް އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ހަމްޒާ މުޙައްމަދު (ހަމްޕު) ވަނީ މާޒިޔާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ.

ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، ޔޫވީ އިން ވަނީ ލަނޑު ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. އެ ލަނޑު ޔޫވީ އަށް ޖަހައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ މުސްޠަފާ މަހުމޫދު އެވެ.

ދެ ވަނަ ހާފުގައި މާޒިޔާ އިން އެ ޓީމުގެ އަނެއް ދެ ލަނޑު ވެސް ޖެހީ މެޗުގެ ފަހު ވަގުތުގެ ތެރޭގަ އެވެ. އެގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް މާޒިޔާގެ ތިން ވަނަ ލަނޑު ޖެހީ ވެސް އިގްލޭސިއަސް އެވެ. މެޗުގައި މާޒިޔާގެ ހަތަރު ވަނަ ލަނޑު އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ލުއިސް ޕައުލޯ ޖެހީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގެ ތެރޭގަ އެވެ.

ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މާޒިޔާ މޮޅުވެފައިވާއިރު، އެއް ވަނައިގައި އެ ޓީމު އޮތީ 12 ޕޮއިންޓާ އެކު އެވެ.

- ކޮމެންޓް