Advertisement
ކ. މާލެ
|
31 އޯގަސްޓް 2024 | ހޮނިހިރު 18:32
ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި މީހަ
ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި މީހަ
ޕޮލިސް
އަންހެނަކު ރަހީނުކޮށް އަނިޔާކުރި މައްސަލަ
އަންހެނަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި މީހާ އަށް އައިސީޔޫގައި ފަރުވާދީފައި ނުވޭ - ފުލުހުން
ފުލުހުން ދަނީ މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން
އަތުހަރުގެ އާއިލާއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާގެ ހާލު ފުލުހުން ތަފްސީލުކޮށް ކިޔާދީފައިނުވޭ
ފުލުހުން ބުނީ ހޮނިހިރު ދުވަހުގެ ހެނދުނު މި މީހާ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް

މާލާގައި އަންހެނަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރު ކުރި ފިރިހެން މީހާގެ ހާލު ދެރަވެ އައިސީޔޫގައި ފަރުވާދީފައިވާ ކަމަށް ބުނެ މީސްމީޑިއާގައި އަޑު ފެތުރެމުން ދަނިކޮށް ފުލުހުން އެކަން ދޮގުކޮށްފިއެވެ.

ފުލުހުން ބުނީ އޭނާ އަށް އައިސީޔޫގައި ފަރުވާދީފައި ނުވާ ކަމަށާއި އޭނާ ފިޓު ވެސް ޖެހިފައި ނުވާ ކަަމަށެވެ. އޭނާ ޑޮކްޓަރަށް ދައްކާ މިހާތަނަށް ހަދާފައިވާ މެޑިކަލް ޓެސްޓްތަކާއި ސީޓީ ސްކޭންގެ ނަތީޖާ އަށް ބަލާއިރު ޓެސްޓްތައް ނޯމަލްކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ސައިކެޓްރިސްޓާއި ނާރުގެ ޚާއްސަ ޑޮކްޓަރ އަކަށް ދެއްކުމުން ވެސް އޭނާގެ ސިއްޙީ މައްސަލަ އެއް ނެތް ކަމަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ މިހާތަނަށް އޭނާ އަށް އައިސީޔޫގައި ފަރުވާ ދިނުމަށް އެއްވެސް ޑޮކްޓަރަކު އިރުޝާދުދީފައި ނުވާ ކަމަށެވެ.

ރަހީނުކުރި އަންހެން މީހާގެ މައްސަލާގައި ހައްޔަރުކުރި ފިރިހެން މީހާ ހޮސްޕިޓަލުން ދޫކޮށްލުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަން ފުލުހުން ވަނީ ހޮނިހިރު ދުވަހު ހާމަކުރައްވާފައެވެ.

މިހާދިސާ ހިނގީ 29 އޯގަސްޓް 2024 ވީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ. 32 އަހަރުގެ އާދަމް އަތުހަރު ވަނީ އަންހެނަކު ރަހީނުކޮށް ކަރުގައި ވަޅި ޖައްސާ ބިރު ދައްކާފައެވެ. އަންހެން މީހާ ސަލާމަތް ކުރުމަށް ފުލުހުން ކުރި މަސައްކަތުން އޭނާ އަށް ވަރަށް ބޮޑަށް އަނިޔާވިއެވެ.

ފުލުހުން ބުނީ ހޮނިހިރު ދުވަހުގެ ހެނދުނު މި މީހާ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

Advertisement

އަތުހަރަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު ހުކުރު ދުވަހުގެ ހެނދުނު ކަސްޓޯޑިއަލްއަށް ގެންދިޔަ އެވެ. ނަމަވެސް އޭނާގެ ހާލު ކުއްލިއަކަށް ސީރިއަސްވުމާއެކު ހުކުރު ދުވަހުގެ ހަވީރު އައިޖީއެމްއެޗްއަށް ގެންގޮސް އެޑްމިޓް ކުރިއެވެ.

އަތުހަރުގެ އާއިލާއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާގެ ހާލު ފުލުހުން ތަފްސީލުކޮށް ކިޔާދީފައިނުވެއެވެ. އޭނާ އެއްކޮށް ސްޓޭބަލް ނޫން ކަމަށާއި، އެއްކޮށް ރަނގަޅު ނުވަނީސް ކަސްޓޯޑިއަލްއަށް ގެންދިޔުމުން ކަންބޮޑުވާ ކަމަށް އާއިލާއިން ބުނެފައިވެއެވެ.

މިހާދިސާއާ ގުޅިގެން ފުލުހުން އަމަލުކުރި ގޮތަށް ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ފުލުހުން ކުރީ ހިތްވަރުގަދަ މަސައްކަތެއް ކަމަށާއި، ފުލުހުންގެ މަސައްކަތުން ރަހީނުކޮށްފައިވާ އަންހެނެއް ސަލާމަތް ކުރެވުނު ކަމަށެވެ. އަދި ވިދާޅުވީ އެކަމަށްޓަކައި ފުލުހުންނަށް ސާބަސް ދަންނަވާ ކަމަށެވެ. މީގެ އިތުރުން ރަހީނުކުރި ހާދިސާގައި ހަރަކާތްތެރިވި ފުލުހުންނާއެކު ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވެސް ވަނީ ބައްދަލުކުރައްވައި އެ ފުލުހުންގެ މަސައްކަތަށް ތައުރީފު ކުރައްވާފައެވެ.

ފުލުހުން ދަނީ މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް