Advertisement
ކ. މާލެ
|
29 އޯގަސްޓް 2024 | ބުރާސްފަތި 13:40
ކުރީގެ ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ
ކުރީގެ ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ
މަޖިލިސް
ޝާދިޔާ އާއި ޝަޒްރާ ހައްޔަރު ކުރުން
އިޒްރޭލާ ދެކޮޅަށް އަޑު އުފުލި ޝާދިޔާ އާއި ޝަޒްރާ ހައްޔަރު ކުރުމަކީ ނާތަހުޒީބް ފިނޑި އަމަލެއް: ޝެއިޚް އިމްރާން
އަދާލަތު ޕާޓީން ވެސް ވަނީ ސަރުކާރުގެ މި އަމަލު ކުށްވެރިކޮށް ބުދަ ދުވަހުގެރޭ ބަޔާނެއް ނެރެފަ

މަސްޖިދުލް އަޤްޞާ އާއި ފަލަސްޠީންގެ އަންހެނުންނާއި ކުޑަކުދިންގެ ހައްޤުގައި މެދުކެނޑުމެއްނެތި އަޑު އުފުލަމުން ގެންދިޔަ ޢާއިޝަތް ޝާދިޔާއާއި ޑޮކްޓަރ ޝަޒްރާ ދިވެހި ފުލުހުން ހައްޔަރު ކުރުމީ ނާތަހުޒީބު ފިނޑި އަމަލެއް ކަމަށް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކުރީގެ ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ކަމުން "ފަލަސްޠީން ޤަޟިއްޔާއާއި މެދު މި ސަރުކާރުގެ ފަރުވާލެއް ނެތްކަން ރަމްޒްކޮށްދޭ،" ކަމަށެވެ.

އަދާލަތުން ވަނީ ސަރުކާރުގެ މި އަމަލު ކުށްވެރިކޮށް ބުދަ ދުވަހުގެރޭ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނީ އިޒްރޭލާއި އިޒްރޭލަށް ވާގިވެރިވާ ގައުމުތަކުގެ ޖަރީމާތަކާ ދެކޮޅަށް އަޑު އުފުލުމަކީ ކޮންމެ އިންސާނެއްގެ މައްޗަށް އޮތް އިންސާނީ ހައްގެއް ކަމަށެވެ. ވަކީން ހާއްސަކޮށް މަސްޖިދުލް އަގްސާގެ ދިފާއުގައި ކުރެވެން އޮތް ކަމެއް ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމަށެވެ.

Advertisement

"ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ޒަޔަނިސްޓު ޔަހޫދީން ހިންގަމުން ގެންދާ ލާއިންސާނީ އަނިޔާވެރި ޖަރީމާތަކާ ދެކޮޅަށް މެދުކެނޑުމެއް ނެތި އަޑުއުފުލަމުން ގެންދެވި އާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމް ހައްޔަރު ކުރުމާ ވިދިގެން އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށް އެކަން ކުށްވެރި ކުރަން." އަދާލަތުގެ ބަޔާނުގައި ވެއެވެ.

އިޒްރޭލާ ދެކޮޅަށް ސުލްހަވެރިކަމާއެކު އަޑު އުފުލަމުންދިޔަ ދެ އަންހެނުން ހައްޔަރު ކުރީ ބުދަ ދުވަހު މެންދުރު ފަހު 01:00 ގައި ކަމަށް ފުލުހުންގެ އިދާރާ އިން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް