ކ. މާލެ
|
28 އޯގަސްޓް 2024 | ބުދަ 22:20
އެމްޕީއެލްގެ 3 ޓަވަރު ފޮޅާ ސާފުކުރުން ވެމްކޯ އަށް ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެމްޕީއެލްގެ 3 ޓަވަރު ފޮޅާ ސާފުކުރުން ވެމްކޯ އަށް ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެމްޕީއެލް
ފޯޅާ ސާފުކުރުމުގެ ޚިދުމަތުގެ ތެރެއަށް ވެމްކޯ
އެމްޕީއެލްގެ 3 ޓަވަރު ފޮޅާ ސާފުކުރުން ވެމްކޯ އަށް ހަވާލު ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި
ކުދި ވިޔަފާރި ތަކުން މިހާތަނަށް މާލޭގައި ދެމުން އަންނަ ފޮޅާ ސާފުކުރުމުގެ ޚިދުމަތުގެ ތެރެއަށް ވެމްކޯ އިން ވަންނަން ނިންމީ ވެމްކޯ އަކީ ފައިދާވާ ކުންފުންޏަކަށް ހެދުމުގެ ގޮތުން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޕޯޓް ރެސިޑެންސްގެ 3 ޓަވަރު ފޮޅާ ސާފުކުރުން ވެމްކޯ އަށް ހަވާލު ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި ބުދަ ދުވަހު އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ސީއީއޯ އަލީ ހާޝިމް ކަމަށާއި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، ޝަހީދު އިބްރާހިމް ކަމަށް އެމްޕީއެލް އިން ބުނެފައިވެއެވެ.

ކުދި ވިޔަފާރި ތަކުން މިހާތަނަށް މާލޭގައި ދެމުން އަންނަ ފޮޅާ ސާފުކުރުމުގެ ޚިދުމަތުގެ ތެރެއަށް ވެމްކޯ އިން ވަންނަން ނިންމި ސަބަބާ ބެހޭ ގޮތުން، ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުން ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ (ޑީއެމްޑީ) މުހައްމަދު އަބްދުލް ކަރީމް ކުރިން ވިދާޅުވެފައިވަނީ އެއީ ވެމްކޯ އަކީ ފައިދާވާ ކުންފުންޏަކަށް ހެދުމުގެ ގޮތުން ކަމުގައެވެ.

ސަރުކާރުން މިފަދަ ކުދި ވިޔަފާރިތަކުގެ ތެރެއަށް ވަންނަން ނިންމުމުން ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާ ގައި އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

- ކޮމެންޓް