Advertisement
ކ. މާލެ
|
28 އޯގަސްޓް 2024 | ބުދަ 18:49
ރައީސް މުއިއްޒު ކުރީގެ ނައިބުރައީސް އަހުމަދު އަދީބާއި ސިންގަޕޫރުގައި ބައްދަލުކުރެއްވިކަމަށް ވިދާޅުވެފައިވޭ
ރައީސް މުއިއްޒު ކުރީގެ ނައިބުރައީސް އަހުމަދު އަދީބާއި ސިންގަޕޫރުގައި ބައްދަލުކުރެއްވިކަމަށް ވިދާޅުވެފައިވޭ
ރާއްޖެއެމްވީ
އަދީބާއި މުއިއްޒު ބައްދަލުކުރުން
އަދީބާއި ރައީސް މުއިއްޒު ބައްދަލުކުރެއްވި ކަމަށް ރައީސް ޔާމީން ވިދާޅުވުމުން އަދުރޭ ވިދާޅުވީ މުއިިއްޒުއަކީ އަދީބު އެންމެ ރުޅިއަންނަ މީހާ ކަމަށް
ޔާމީން ވިދާޅުވީ ސިންގަޕޫރުގައި ރައީސް މުއިއްޒާއި އަހްމަދު އަދީބު ބައްދަލު ކުރެއްވި ކަމަށާ އެކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށް
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ކުރިއަށްދިޔައިރު، އެވަރުގެ ވާހަކައެއް އޮތްނަމަ އިދިކޮޅުން އެވާހަކަ ދައްކާނެ

ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ކުރީގެ ނައިބުރައީސް އަހުމަދު އަދީބު ސިންގަޕޫރުގައި ބައްދަލުކުރެއްވި ކަމަށް ރައީސް އަބްދުﷲ ޔާމީން ކުރެއްވި ތުހުމަތުތައް މަޖިލީހުގެ ރައީސް އަބްދުއްރަހީމް ދޮގުކުރައްވައިފިއެވެ.

ހ. ދޫވެހީގައި ރޭ އޮތް ފްރަންޓް އޮފީސް ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ސިންގަޕޫރުގައި ރައީސް މުއިއްޒާއި އަހްމަދު އަދީބު ބައްދަލު ކުރެއްވި ކަމަށާ އެކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ ސައްތައިން ސައްތަ ތެދު ވާހަކައެއް ކަމަށެވެ.

ރައީސް ޔާމީންގެ ވާހަކަފުޅު ދޮގުކުރައްވާ ރައީސް ޔާމީނަކީ ތަންދޮރު އޮޅުން ނުފިލާ ބޭފުޅެއްކަމަށް ސިފަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ހައުސިން މިނިސްޓަރުކަމުގައި ޑރ. މުހައްމަދު މުއިއްޒުހުންނެވި އިރު، ރައީސް ޔާމީންގެ ފުރަތަމަ ފަތުރުވެރިކަމާއި ބެހޭ ވަޒީރު އަދި ނައިބްރައީސް އަހުމަދު އަދީބު ކެބިނެޓްގެ ތެރެއިން އެންމެ ރުޅިއަންނަ މީހަކު ނަގާނަމަ އެމީހަކީ މުއިއްޒުކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ކެބިނެޓުގައި ތިއްބެވި ހުރިހާ ބޭފުޅުން އެކަން ގަބޫލުކުރައްވާނެ ކަމަށާއި، އެކަން އިނގޭ ހިސާބުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށްވެސް އެކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ.

Advertisement

އަބްދުއްރަހީމް ވިދާޅުވީ މުއިއްޒުއާއި އަދީބާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ގުޅުމެއް އޮތްނަމަ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓު އެކިފަހަރުމަތިން 10 - 12 ފަހަރަށް ނެރުނު އިރު އޭގައި 250 މީހުންނާއި 375 މީހުން ތިބި އިރުވެސް ރައީސް މުއިއްޒުގެ ނަންފުޅެއް ނެތް ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ކުރިއަށްދިޔައިރު، އެވަރުގެ ވާހަކައެއް އޮތްނަމަ އިދިކޮޅުން އެވާހަކަ ދައްކާނެ ކަމަށާއި، އެމަނިކުފާނުގެ އަގުވައްޓާލަންވެސް އެވަރުގެ ވާހަކައެއް ދައްކާފައި ނުވާ ކަމަށެވެ. އަދި ރައީސް ޔާމީންވެސް އެކި ތަންތަނުގައި އެކަމާއި ގުޅޭ ވާހަކަ ދަައްކަވަމުން ގެންދެވި އިރުވެސް މުއިއްޒުގެ ވާހަކަ ނުދައްކަވާ ކަމަށެވެ.

އަދީބާއި މުއިއްޒުއަކީ އެއްވެސް ގާތްގުޅުމެއް ނޯވޭ. އެއިރުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ދައުލަތުގެ އެހެން ބޭފުޅުންނާއި ނައިބްރައީސްއާއި ގާތްކުރެއްވި ބޭފުޅަކީ އެއިރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް. މިކަމަށް ހެކިވާނެ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެވި ހުރިހާ މެންބަރުންވެސް. އަޅުގަނޑުމެން އެންމެންނާއި ބައްދަލުކުރައްވާފައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ދެންނެވީ ތިމަންނާގ ފަރާތުން ހުންނަވާނީ އަހުމަދު އަދީބޭ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން އަދީބު ހަމަޖައްސާފައިވާތީ އޭނާ މަޖިލީހަށްވެސް ވަޑައިގަންނަވާ ކަމަށާއި، އެހެންކަމުން އަދީބާއި އޮތް ގުޅުމަކީ އެމްއެމްޕީއާރުސީގެ ތެރެއިން އުފެދުނު މައްސަލައެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒުއާއި އެފަދަ ގުޅުމެއްވެސް އަދީބާއި ނެތްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް
31 އޯގަސްޓް 2024 | ހޮނިހިރު 09:50
ގާންދީ
ފިނިފެންމާޑްރާމާ އެޕިސޯޑް 5