ކ. މާލެ
|
26 އޯގަސްޓް 2024 | ހޯމަ 13:46
ރައްޔިތަކަށް ދީފައިވާ ފްލެޓްކަށްވެސް ގޯއްޗަކަށް ވެސް ހުރަސް ނާޅުއްވާނެ ކަމަށް ސަރުކާރުން ދިޔައީ ބުނަމުން
ރައްޔިތަކަށް ދީފައިވާ ފްލެޓްކަށްވެސް ގޯއްޗަކަށް ވެސް ހުރަސް ނާޅުއްވާނެ ކަމަށް ސަރުކާރުން ދިޔައީ ބުނަމުން
ރާއްޖެއެމްވީ
ގެދޮރުވެރިޔާ މަޝްރޫއު
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރި ޔުނިޓުތައް ހަވާލު ކުރުމާ ގުޅޭ ކަންކަން މަޑުޖައްސާލުމަށް ހައުސިންގ މިނިސްޓްރީން ވަނީ އަންގާފައި: އެފްޑީސީ
ޔުނިޓް ކަނޑައެޅުމާ ގުޅޭ ކަންކަން އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާނީ މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން
ޔުނިޓުތައް ހަވާލު ކުރުމާ ގުޅޭ އެންމެހައި ކަންކަން މަޑުޖައްސާލުމަށް ވަނީ އަންގާފައި

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރި ޔުނިޓުތައް ހަވާލު ކުރުމާ ގުޅޭ އެންމެހައި ކަންކަން މަޑުޖައްސާލުމަށް ހައުސިންގ މިނިސްޓްރީން އަންގާފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ބުނީ، ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ޔުނިޓް ލިބޭނެ ފަރާތްތަކާއި އެ ފަރާތްތަަކަށް ލިބޭނެ ޔުނިޓް ކަނޑައެޅުމުގެ މަސައްކަތަކީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވޮލޮޕްމަންޓުން ކުރަމުންގެންދާ މަސައްކަތެއް ކަމަށެވެ.

އެހެންކަމުން ޔުނިޓް ކަނޑައެޅުމާ ގުޅޭ ކަންކަން އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާނީ މިނިސްޓްރީން އަންގާ ގޮތެއްގެ މަތިންކަމަށްވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން، ޔުނިޓުތައް ހަވާލު ކުރުމާ ގުޅޭ އެންމެހައި ކަންކަން މަޑުޖައްސާލުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ހައުސިންގ މިނިސްޓްރީން އަންގާފައިވާކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ޔުނިޓު ހަވާލު ކުރުމާ ގުޅޭ ގޮތުން ކުރެވޭ އެންމެހައި މުއާމަލާތްތައް ކުރިއަށް ގެންދެވޭނީ އެ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީން ވަކި އެއްޗެއް އެންގުމުންކަމަށްވެސް ބުނެފައިވެއެވެ.

- ކޮމެންޓް