Advertisement
ކ. މާލެ
|
25 އޯގަސްޓް 2024 | އާދީއްތަ 12:31
ކަޅުބާޒާރުގައި ޑޮލަރުގެ މުއާމަލާތަކީ މިހާރު ބިލިޔަން ރުފިޔާގެ ބޮޑު ވިޔަފާރިއެެއް
ކަޅުބާޒާރުގައި ޑޮލަރުގެ މުއާމަލާތަކީ މިހާރު ބިލިޔަން ރުފިޔާގެ ބޮޑު ވިޔަފާރިއެެއް
ރާއްޖެއެމްވީ
ޑޮލަރު ވިއްކާ ތަންތަން
ޑޮލަރު ވިއްކާ ގިނަ ތަންތަނުން ބުނަނީ ޑޮލަރު ހުސްވެއްޖެކަމަށް
ޑޮލަރު ގަންނަ ރޭޓުތައްވެސް އުޅެނީ 18.25ން ފެށިގެން 19 ރުފިޔާއާ ހިސާބަށް
ބީއެމްއެލްގެ ރުފިޔާ ކާޑުން ކުރެވޭ ޑޮލަރު މުއާމާލާތްތައް އޮގަސްޓު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ވަނީ ސަސްޕެންޑުކޮށްފައި

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު 19 ރުފިޔާއާ ގާތްކޮށްފިއެވެ.

ރާއްޖެއެމްވީން ގުޅާލުމުން ޑޮލަރު ވިއްކާ ގިނަ ތަންތަނުން ބުނީ، މިވަގުތު ޑޮލަރު ވިއްކޭވަރަށް އެތަންތަނުގައި ޑޮލަރު ނެތްކަމަށެވެ.

އަދި ޑޮލަރު ގަންނަ ރޭޓުތައްވެސް އުޅެނީ 18:25ން ފެށިގެން 19 ރުފިޔާއާ ހިސާބަށްކަމަށް އެމީހުން ކިޔާދިނެވެ.

Advertisement

ޑޮލަރުގެ ތާށިކަން ކުރިމަތިވެފައިވާއިރު، ބީއެމްއެލްގެ ރުފިޔާ ކާޑުން ކުރެވޭ ޑޮލަރު މުއާމާލާތްތައް އޮގަސްޓު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ވަނީ ސަސްޕެންޑުކޮށްފައެވެ. އެކަމާ އެތައް ބަޔަކު ގެންދަނީ ނުރުހުންވެ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

ވަކިން ޚާއްސަކޮށް ޑޮލަރުގެ މައްސަލަ ހައްލުވަމުންދާކަމަށް ރައީސާއި ސަރުކާރުގެ އިސްވެރިން މިހާތަނަށްވެސް ބުނަމުން ގޮސްފަައިވާތީ، ޤައުމުގެ ހާލަތު އޮޅުވާލަމުން ގޮސްފައިވާކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް