ކ. މާލެ
|
3 އޯގަސްޓް 2024 | ހޮނިހިރު 19:35
ޕޮލިސީ ސްޓަޑީޒް ސެންޓަރ
ޕޮލިސީ ސްޓަޑީޒް ސެންޓަރ
މިހާރު
އިނގިރޭސިވިލާތުގައި މުސްލިމުންނާ ދެކޮޅަށް މުޒާހަރާ
އިނގިރޭސިވިލާތުގައި މުސްލިމުންނާ ދެކޮޅަށް ކުރަމުންދާ މުޒާހަރާ އާއި ގުޅިގެން ސަމާލުވުމަށް އިލްތިމާސްކޮށްފި
ހައިކޮމިޝަނުން ވަރަށް ގާތުން މި މައްސަލައިގައި ކަން ހިނގާ ގޮތް ބަލަމުން އަންނަ ކަމަށް ވަނީ ބުނެފައި
ސައުތުޕޯޓުގައި ދިން ހަމަލާގައި ތިން ކުދިން މަރާލުމުގެ ކުދިން އަށް ކުޑަކުދިންނާއި ދެ މީހުން ވަނީ ޒަހަމްކޮށްލާފަ

އިނގިރޭސިވިލާތުގައި މުސްލިމުންނާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން އެގައުމުގައި ދިރިއުޅެމުންދާ ދިވެހިންނާއި އެގައުމަށް ދަތުރުކުރާ ދިވެހީން ސަމާލުވުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި އެ މިނިސްޓްރީން ބުނީ އިނގިރޭސިވިލާތުގެ ހުޅަނގު އުތުރުގައި ހިމެނޭ ސައުތްޕޯޓުގައި ކުޑަކުދިންގެ ޑާންސް އަދި ޔޯގާ ކްލާހަކަށް ވަޅިން ހަމަލާދިނުމުގެ ހާދިސާގައި ތިން ކުޑަކުދިން ނިޔާވެފައިވާ ކަމަށާއި، އެކަމާއި ގުޅިގެން މުސްލިމުންނާ ދެކޮޅަށް ސިލްސިލާ މުޒާހަރާތައްކުރަމުންދާ ކަމަށެވެ. އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަރަށް ގާތުން މި މައްސަލައިގައި ކަން ހިނގާ ގޮތް ބަލަމުން އަންނަ ކަމަށެވެ. އެ ބަޔާނުގައި ބުނެފައި ވަނީ އެ ހާލަތާ ގުޅިގެން ވަކިން ޚާއްސަކޮށް ސައުތްޕޯޓް އަދި އެތާގެ ވަށައިގެންވާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން އިތުރަށް ސަމާލުވާން ޖެހޭ ކަމަށެވެ.

އެ މިނިސްޓރީއިން ވަނީ މިނިސްޓްރީގެ އެދުމަކީ އެންމެން ވެސް ވަރަށް ބޮޑަށް ފަރުވާތެރިވެ، އަބަދުވެސް އެންމެ ފަހުގެ މައުލޫމާތު ހޯދާ، އަމިއްލަ ރައްކާތެރިކަމަށް އިސްކަން ދިނުން ކަމަށް ބުނެފައެވެ. އެ ބަޔާނުގައި މިނިސްޓްރީން ވަނީ އަމަންއަމާންކަން ގެއްލިފައިވާ ސަރަހައްދުތަކާ ދުރުވެ، އެ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކުން ދޭ އެންމެހައި އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އެ ހަމަނުޖެހުންތަކާ ގުޅިގެން އެއްވެސް ބާވަތެއްގެ ކޮންސިއުލަރ އެހީތެރިކަމެއް ބޭނުންވާ ނަމަ އެ ހާލަތުގައި އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މިނިސްޓްރީން ވަނީ ހައިކޮމިޝަންގެ ނަމްބަރު (44)02072242135 އަށް ގުޅުމަށް ނުވަތަ އީމެއިލް އެޑްރެސް [email protected] އަށް މެއިލް ކުރުމަށް އެދިފައެވެ.

ސައުތުޕޯޓުގައި ދިން ހަމަލާގައި ތިން ކުދިން މަރާލުމުގެ ކުދިން އަށް ކުޑަކުދިންނާއި ދެ މީހުން ވަނީ ޒަހަމްކޮށްލާފައެވެ. އެ ހަމަލާ ދިނީ މުސްލިމެއް ކަމަށް މީސްމީޑިއާގައި ޚަބަރު ފެތުރުނު ނަމަވެސް އެއީ ސައްޙަ މައުލޫމާތެއް ނޫނެވެ. ނަމަވެސް އޭގެ ފަހުން މުސްލިމުންނާއި ދެކޮޅަށް މުޒާހަރާކޮށް ހަމަނުޖެހުން ހިންގުމުގެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ.

- ކޮމެންޓް