ކ. މާލެ
|
20 އޯގަސްޓް 2024 | އަންގާރަ 00:15
އެންޑީއެމްއޭ އިން ބުނިގޮތުގައި މާލޭގެ 37 ގޭބިސީއަކަށް 8 ލައްކައަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައިވޭ
އެންޑީއެމްއޭ އިން ބުނިގޮތުގައި މާލޭގެ 37 ގޭބިސީއަކަށް 8 ލައްކައަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައިވޭ
ރާއްޖެއެމްވީ
މާލެއަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުން
މާލެ އަށް ކުރި ވިއްސާރައިގައި 37 ގޭބިސީއަކަށް 8 ލައްކައަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެއްޖެ
މާލެއިން 37 ގެއަކާއި 13 ރަށަކުން 77 ގެއަކަށް ވެފައިވާ ގެއްލުން ދެނެގަތުމަށް މިހާތަނަށް އެސެސްމަންޓް ހަދައިފި

މިދިޔަ ހަފްތާގައި ރާއްޖެއަށް ކުރި ވިއްސާރައިގައި މާލެއާއި އަތޮޅުތަކުގެ ގިނަ ގޭބިސީތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހޯމަ ދުވަހު ހާމަކޮށްފިއެވެ.

އެންޑީއެމްއޭ އިން ބުނިގޮތުގައި މާލޭގެ 37 ގޭބިސީއަކަށް 8 ލައްކައަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައިވެއެވެ. އަދި މާލެއިން 37 ގެއަކާއި 13 ރަށަކުން 77 ގެއަކަށް ވެފައިވާ ގެއްލުން ދެނެގަތުމަށް މިހާތަނަށް އެސެސްމަންޓު ހަދާފައިވާކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މުޅި ރާއްޖެއަށް ކުރި ވިއްސާރައިގައި މާލޭގެ ގެއްލުންވި 41 ގޭބިސީ ފާހަގަކުރެވުނު ކަމަށާއި، އޭގެތެރެއިން 4 ގެއަކުން އެސެސްމަންޓު ހަދަން ބޭނުން ނުވާކަން އަންގާފައިވާތީ، އެންޑީއެމްއޭ އިން އެސެސްމަންޓު ހެދީ 37 ގޭބިސީއެއްގައި ކަމަށް އެ އޮތޯރިޓީން އެކްސް ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުންޏެވެ.

އިމާރާތަށާއި ގޭގައި ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުން ވަޒަންކުރިއިރު، އެ ގޭބިސީތަކަށް 819،549 ރުފިޔާގެ ގެއްލުން ލިބިފައިވާކަމަށް އެންޑީއެމްއޭ އިން ހާމަކުރިއެވެ. އަދި ދިރިނޫޅެވޭވަރަށް ގެއްލުން ލިބިގެން މާލޭގެ 5 ގޭބިސީއަކުން 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން އެ އޮތޯރިޓީން ފޯރުކޮށްދިން ކަމަށްވެސް ބުނެފައިވެއެވެ.

އެންޑީއެމްއޭ އިން އިތުރަށް ބުނިގޮތުގައި ރަށްރަށުން ލިބިފައިވާ ފޯމުތައް ބަލައި ގެއްލުން ވަޒަންކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

- ކޮމެންޓް