Advertisement
ކ. މާލެ
|
13 އޯގަސްޓް 2024 | އަންގާރަ 09:16
އެމްޑީޕީގެ ހަވަރު ބެރު ޕެނަލް ޑިސްކަޝަންގައި އަނަސް ވާހަކަދައްކަވަނީ
އެމްޑީޕީގެ ހަވަރު ބެރު ޕެނަލް ޑިސްކަޝަންގައި އަނަސް ވާހަކަދައްކަވަނީ
އެމްޑީޕީ
ސަރުކާރު ހިންގުން
މި ސަރުކާރުން އެމްއެމްއޭ ހިންގަމުން ދަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގާ އުސޫލުން - އަނަސް
ގަވަރުނަރުގެ މަގާމަށް އަޙްމަދު މުނައްވަރު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޢައްޔަނު ކުރެއްވީ ޖުލައި 31ގަ
އެމްޑީޕީ ސަރުކާރުގައި އެމްއެމްއޭގެ ހިންގުން ޤާނޫނާއި ޤަވައިދާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރައްވާފައިވާނެ ކަމަށް އަނަސް ވިދާޅުވި

މި ސަރުކާރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހިންގަމުން ދަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގާ އުސޫލުން ސިޔާސީ ނުފޫޒު ފޯރުވައިގެން ކަމަށް އެމްޑީޕީގެ ތަރުޖަމާން އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ހަވަރު ބެރު ޕެނަލް ޑިސްކަޝަންގައި ހޯމަ ދުވަހުގެ ރޭ ވާހަކަދައްކަވަމުންނެވެ.

އެމްޑީޕީގެ ސަރުކާރުގައި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އެމްއެމްއޭގެ ހިންގުން ޤާނޫނާއި ޤަވައިދާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރައްވާފައިވާނެ ކަމަށް އަނަސް ވިދާޅުވިއެވެ. އަދި އެއްވެސް ކަހަލަ ސިޔާސީ ނުފޫޒެއް ނުފޯރާ މިނިވަން މުއައްސަސާއެއްގެ ގޮތުގައި އެމްއެމްއޭ ހިންގަން އޭރުގެ ސަރުކާރުން ވާނީ ފުރުސަތު ދީފައި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން އެ ސިޔާސަތު މުޅިން ނައްތާލާފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ. އެމްއެމްއޭވެސް ހިންގަން މި ސަރުކާރުން މަސައްކަތް ކުރަނީ ސިޔާސީ މުވައްޒަފުންނާއި އެކު ފުރިފައި އޮތް ތަނެއްގެ ގޮތުގައި ކަމަށާއި ކުންފުނީގައި ތިބި ފަންނީ މީހުން އެކަހެރިކޮށް، ކަންކަން ނިންމުމުގައި އެ މީހުންގެ ބަސް ނުހިމެނޭ ގޮތަށް ސަރުކާރުން އަމަލުކުރަމުންދާ ކަމަށް އަނަސް ވިދާޅުވިއެވެ.

މި ސަރުކާރުން އެމްއެމްއޭ އިން މިނިވަން މުއައްސަސާއެއްގެ ސިފަ މުޅިން ނައްތާލާ އެއީ ސިޔާސީ މަޤާމުން ފުރިފައިވާ ތަނަކަށް ހަދަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެމްއެމްއޭގެ ގަވަރނަރ މިނިސްޓަރެއްގެ ފެންވަރުގައި އައްޔަންކުރި ކުރުމަށް އިޝާރާތްކުރައްވާ އަނަސް ވިދާޅުވީ އެމްއެމްއޭގެ ގަވަރުނަރުގެ މަޤާމަކީ ވަޒީރުކަމަށް ވުރެ މަތީ ދަރަޖައެއްގެ މީހެއް ކަަމަށާއި އެއީ ޤާނޫނީ ގޮތުން ކިހާ ފެންވަރެއްގެ މީހެއްކަން ވަރަށް ސާފުކޮށް އެނގެން އޮތް ކަަމަށެވެ. އަދި މިހާރު ކުންފުންޏަށް އެމްޑީން ހޯދަމުންދާއިރު އެއިން ކޮންމެ އެމްޑީއަކަށް ކުރިއަށް އޮތްތަނުގައި ދެ ޑީއެމްޑީ އިން ހޯދާ މަންޒަރު ފެނުން އެކަށީގެންވާ ކަމަށް އަނަސް ވިދާޅުވިއެވެ.

Advertisement

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981ގެ 6 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމަށް އަޙްމަދު މުނައްވަރު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޢައްޔަނު ކުރެއްވީ ޖުލައި 31ގައެވެ.

އަޙްމަދު މުނައްވަރު ގަވަރުނަރުގެ މަގާމަށް ހަމަޖެއްސެވުމުގެ ކުރިން 12 ޑިސެންބަރު 2023 އިން 22 ޖުލައި 2024 އާ ހަމަޔަށް ހުންނެވީ މިނިސްޓްރީ އޮފް ފިނޭންސްގެ އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމުގައެވެ.

އަދި އަޙްމަދު މުނައްވަރު މީގެ ކުރިން ވަނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް