Advertisement
ކ. މާލެ
|
7 އޯގަސްޓް 2024 | ބުދަ 23:25
އެމްޑަބްލިއުއެސްސީ - ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް މުވައްޒަފުން ދޭ އެއްބާރުލުން ފާހަގަކޮށްފައިވޭ
އެމްޑަބްލިއުއެސްސީ - ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް މުވައްޒަފުން ދޭ އެއްބާރުލުން ފާހަގަކޮށްފައިވޭ
އެމްޑަބްލިޔުއެސްސީ
އެމްޑަބްލިޔުއެސްސީގެ ބޯނަސް ދިނުން ލަސްކުރުން
އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް އެމްޑަބްލިއުއެސްސީގެ 2023 ވަނަ އަހަރުގެ ބޯނަސް ދިނުން ލަސްކޮށްފި
މުވައްޒަފުންގެ ކަންކަން ދުވަހުން ދުވަހަށް ހަރުދަނާކޮށް ކުރިއެރުވުމުގެ މަސައްކަތް ކުރާނެ
ބޯނަސް ދިނުމަށް ނިންމާފައިވަނީ 4 ވަނަ ކުއާޓަރުގައި

މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް (އެމްޑަބްލިއުއެސްސީ)ގެ 2023 ވަނަ އަހަރުގެ ބޯނަސް ދިނުން ލަސްކޮށްފިއެވެ.

އަންގާރަ ދުވަހު އެމްޑަބްލިއުއެސްސީން 2023 ވަނަ އަހަރުގެ ބޯނަސް ދިނުމާ ގުޅޭގޮތުން ނެރުނު ސަރކިއުލަރގައި ބުނީ އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ކުންފުނީގެ މުވައްޒަފުންނަށް އަހަރީ ބޯނަސް ދިނުމަށް ބޭނުންވާ ކަންކަން ނިންމުމަށް 31 ޖުލައި 2024ގައި ބޭއްވުނު އެމްޑަބްލިއުއެސްސީގެ އަހަރީ އާއްމު ޖަލްސާގައި އެޖެންޑާ ކުރެވި އެކަމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅިގެން 2023 ވަނަ އަހަރުގެ ބޯނަސް ދިނުމުގެ މަޝްވަރާ މިއަހަރުގެ ހަތަރު ވަނަ ކުއާޓަރއަށް ލަސްކޮށްލުމަށް އަހަރީ ޖަލްސާގައި ނިންމާފައިވާ ކަމަށް ސަރކިއުލަރގައި ބުނެފައިވެއެވެ.

Advertisement

މީގެ އިތުރުން ސަރކިއުލަރގައި ބުނީ ރައްޔިތުންނަށް ކުންފުނީގެ ފަރާތުން ދެމުންގެންދާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައްޔާއި ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް މުވައްޒަފުން ދޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ކުންފުނީގެ އެންމެ އަގުހުރި ރައުސުލްމާލަކީ މުވައްޒަފުން ކަމަށް ބުނެފައިވެއެވެ.

ސަރކިއުލަރގައި ބުނީ މުވައްޒަފުންގެ ކަންކަން ދުވަހުން ދުވަހަށް ހަރުދަނާކޮށް ކުރިއެރުވުމަށް ކުރެވެންހުރި ކަންކަން މެނޭޖްމަންޓުގެ ފަރާތުން އަބަދުވެސް ކުރަމުން ގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް
8 އޯގަސްޓް 2024 | ބުރާސްފަތި 01:32
އ
ރައްޔިތުންނައްދޭ އަސާސީ ހިދުމަތަކުން މުއައްޒަފުންނަށް ފައިދާގެ ބޯނަސް ދިނުމަކީ ބޮޑު ޖޯކެއްނު. މުއައްޒަފުން ބޯނަސް ހޯދަން ބިލްތައްބޮޑުނުކުރާނެ ގޮތެއްނެތް