Advertisement
ކ. މާލެ
|
7 އޯގަސްޓް 2024 | ބުދަ 11:40
މާލެ ސިޓީ ކައުންސިލްގެ ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރ އާޒިމް ވާހަކަދައްކަވަނީ
މާލެ ސިޓީ ކައުންސިލްގެ ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރ އާޒިމް ވާހަކަދައްކަވަނީ
މާލޭ ސިޓީ ކައުންސިލް
މާލެ ސިޓީ ކައުންސިލް
މަސައްކަތް ކުރާނީ ވަކި ފިކުރަކަށް ބެލުމެއް ނެތި، މާލޭ ސިޓީގެ ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި: އާޒިމް
ރައްޔިތުންގެ ކަންކަން ނިންމާ މީހުން ކަނޑައަޅައި އެކަމުގައި ބަސް ބުނުމަށް ރައްޔިތުންނަށް ފުރުޞަތު ލިބުން މުހިއްމު
މާލެ ސިޓީއާއި މާލޭ ސިޓީގެ ރައްޔިތުންގެ ލާބަޔާ މަންފާއަށް ޓަކައި އިޚުލާޞްތެރި މަސައްކަތެއް ކޮށްދެވޭތޯ ބައްލަވާނެކަމަށް ވިދާޅުވި

ކުރިއަށް އޮތްތާގައިވެސް މަސައްކަތް ކުރައްވާނީ ވަކި ފިކުރަކަށް ބެލުމެއް ނެތި، މާލެ ސިޓީއާއި މާލޭ ސިޓީގެ ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ވަނީ މާލެސީޓީ ކައުންސިލުގެ، މައްޗަންގޯޅި މެދު ދާއިރާއަށް ހޮވިވަޑައިގެންނެވި ޢިޝާން އަލީއާއި ހެންވޭރު ހުޅަނގު ދާއިރާއަށް ހޮވިވަޑައިގެންނެވި ފާތިމަތު ޝައުފާ ސަލީމާއި ހުޅުމާލެ ދާއިރާއަށް ހޮވިވަޑައިގެންނެވި ޢަލީ އައިމަނާއި ޕީއެންސީއަށް ތަހުނިޔާ ދަންނަވާފައެވެ.

Advertisement

އާޒިމް ވިދާޅުވީ، ދިވެހިރާއްޖެއަށް ތަޢާރަފު ކުރެވުނު މަލްޓި ޕާޓީ ޑިމޮކްރަސީން ފެންނަ އެންމެ ރީތި އަދި އެންމެ އުފާވާ ކަމަކީ، ރައްޔިތުންގެ ކަންކަން ނިންމާ މީހުން ކަނޑައަޅައި އެކަމުގައި ބަސް ބުނުމަށް ރައްޔިތުންނަށް ފުރުޞަތު ލިބުން ކަމަށެވެ. އެގޮތުން އިންތިޚާބުތައް ބާއްވައި ވޯޓުލުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބުމަކީ އެންމ ބޮޑު އެއް ހިތްހަމަޖެހުންކަން އާޒިމް ފާހަގަ ކުރެއްވިއެވެ.

ރައްޔިތުންނަށް ލިބިފައިވާ ވޯޓުލުމުގެ ހައްޤުގެ ތެރެއިން ރައްޔިތުން މި ވަނީ މާލޭސިޓީ ކައުންސިލުން މަދުވާ 3 މެމްބަރުން އިންތިޚާބުކޮށް ދެއްވާފަ. ރައްޔިތުން ހެޔޮ ހިތުން އިޚުލާޞްތެރިކަމާއެކު އެ ވިދާޅުވީ ތިމަންނަމެންނަށް ޚިދުމަތް ކޮށްދިނުމަށް ޓަކައި ތިމަންނަމެން ހޮވަންޖެހޭ ހުރިހާ މެމްބަރުން މިހާރު ތިޔަ ތިއްބެވީ މާލެ ސިޓީ ކައުންސިލަށް ހޮއްވަވައި ދެއްވާފައޭ. އިޚުލާޞްތެރިކަމާއެކު ޚިދުމަތްކޮށް ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކޮށް ދެއްވާށޭ.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ، ވެރިޔަކަށް ލިބިވަޑައިގެންފައި އޮންނަ އިޚުތިޔާރުގެ ދަށުން މަޤާމަކަށް އައްޔަންކުރައްވާ ބޭފުޅަކަށް، އެ އިޙުސާސްއެއް ނުކުރެވޭނެ ކަމަށެވެ. އެހެން ކަމުން ރައްޔިތުންގެ އުއްމިދުތަކުގައި ޙަޤީޤީ ކުލަ ޖެއްސުމަށް މަސައްކަތް ކޮށް ދެއްވުމަށް، އަލަށް ހުވާކުރެއްވި ހުރިހާ ބޭފުޅުންނަށް އާޒިމް ވަނީ ގޮވާލައްވާފައެވެ.

އަޅުގަނޑުގެ އެދުމަކީ ކައުސިލަށް ހޮވިވަޑާގެން މެންބަރުން މާލެ ސިޓީގެ ކަންކަމުގެ ސިޔާސަތު ކަނޑައަޅާދެއްވުމުގައި އަޅުގަނޑަށް އެހީތެރިކަން ދެއްވުން، އެއްބާރުލުން ދެއްވުން. ތިޔަ މެންބަރުގެ ދާއިރާގެ ރައްޔިތުން ބޭނުންފުޅުވާ ކަންކަން، ދަތިވާ ކަންކަން ދެނެގަނެ، ސިޓީ ކައުންސިލާއި ހަމައަށް އެކަންތައް ގެނެސް، މަޝްވަރާކޮށް، އެކަމުގެ ހައްލުތައް ހޯދުމަށް އަޅުގަނޑާއި ގުޅިގެން މަސައްކަތްކޮށްދެއްވުން، ސިޔާސަތުތަށް ކަނޑައަޅާ ދެއްވުމުގައި އެހީތެރިވެދެއްވުން.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

އާޒިމް އިތުރަށް ވިދާޅުވީ، މިހާތަނަށް މަސައްކަތް ކުރައްވާފައި ވާނީ، އަދި ކުރިޔަށް އޮތްތާގައި މަސައްކަތް ކުރާނީ ވެސް، ވަކި ފިކުރަކަށް ބެލުމެއް ނެތި، މާލެ ސިޓީއާއި މާލޭ ސިޓީގެ ރައްޔިތުންގެ ލާބަޔާ މަންފާއަށް ޓަކައި އިޚުލާޞްތެރި މަސައްކަތެއް ކޮށްދެވޭތޯ ކަމަށެވެ.

މާލެ ސިޓީއަށް ދިމާވެފައިވާ ގިނަގުނަ މައްސަލަތަކަށް ހައްލެއް ގެނެވޭތޯ. ވޭތުވެ ދިޔަ ހައެއްކަ މަސް ދުވަހުގެ ތެރޭގައި، އަޅުގަނޑާ އެކު މަސައްކަތް ކުރެއްވި، މާލޭސިޓީ ކައުންސިލްގެ ޢިޒަތްތެރި މެމްބަރުންނާއި ހުރިހާ މުވައްޒަފުން، އަޅުގަނޑުގެ މި ވާހަކައަށް ހެކިވެވަޑައިގަންނަވާނެ. ތިޔަ ހުރިހާ ބޭފުޅުންނަށް ވެސް އަޅުގަނޑު ކުރާ އިޚުލާޞްތެރި އިލްތިމާސަކީ، މާލޭސިޓީ އަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކޮށް، ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި، އަޅުގަނޑާއެކު ޓީމެއްގެ ގޮތުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ، އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް އެ ރޫޙުގައި މަސައްކަތް ކުރުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް