Advertisement
ކ. މާލެ
|
5 އޯގަސްޓް 2024 | ހޯމަ 19:44
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހްގީގުގައި ފުލުހުން ހަރަކާތްތެރިވަނީ
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހްގީގުގައި ފުލުހުން ހަރަކާތްތެރިވަނީ
ޕޮލިސް
ކުރީގެ ރައީސް ނަޝީދަށް ދިން ހަމަލާ
ކުރީގެ ރައީސް ނަޝީދަށް ދިން ހަމަލާ ބެލުމުގަ ދިމާވި ބައެއް ގޮންޖެހުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހުގެ ސިޓީއެއް
ކުރީގެ ރައީސް ނަޝީދަށް ހަމަލާދީފައިވަނީ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ
ނާޒިމް ވަނީ އެ ހަމަލާ އާއި ގުޅޭގޮތުން އެކުލަވައިލާފައިވާ ސިއްރު ރިޕޯޓުގައި މައްސަލަތަކެއް ހުރި ކަމަށް ވިދާޅުވެފަ

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ ބެލުމަށް ދިމާވި ގޮންޖެހުންތައް މި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގެ ސިޓީއެއް ފޮނުވަން ނިންމާފައިވާ ކަމަށް އެ ކޮމިޓީގެ މުޤައްރިރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ އެ ހަމަލާ އާއި ގުޅޭގޮތުން އެކުލަވައިލާފައިވާ ސިއްރު ރިޕޯޓުގައި މައްސަލަތަކެއް ހުރި ކަމަށް ވިދާޅުވެފައެވެ. ނާޒިމް ވިދާޅުވީ އެފަދައިން ފާހަގަކުރައްވަނީ ކައުންޓަރ ޓެރަރިޒަމް ޔުނިޓްގެ ބޭފުޅުން އެ ކޮމިޓީގައި ކުރިން ދެެއްކި ވާހަކަތަކުގެ އަލީގައި ކަމަށެވެ. އެ ވާހަކަތަކުން އެނގޭ ގޮތުން އަދިވެސް ޔުނިފޯމް އެޅި އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް އާއި ބެހޭ ކަންތައްތައް ވިލަރެސްކުރެވޭނެ ގޮތެއް ހަމަޖެހިފައިނެތް ކަމަށް ނާޒިމް ވިދާޅުވިއެވެ. އެ ކޮމިޓީގެ ސެކްރެޓޭރިއަޓުން ތައްޔާރުކޮށްފައިވާ ސިއްރު ރިޕޯޓުގައި ވާގޮތުން އެންމެ ބޮޑު މައްސަލަ އަކީ އެ މައުލޫމާތު ނުލިބުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލަ މި ސަރުކާރުގެ ކަމާއި ގުޅުން ހުރި ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ނާޒިމް ވަނީ އެދިވަޑައިގަންނަވާފައެވެ.

Advertisement

ނާޒިމްގެ އެ ވާހަކަތަކާއި ގުޅިގެން ސަލީމް ވަނީ އެކަމާއި ގުޅޭގޮތުން ސަރުކާރުގެ ކަމާއި ގުޅުން ހުރި ފަރާތްތަކަށް ސިޓީ އެއް ފޮނުވަން ނިންމާފައި ކަމަށާއި އެ ސިޓީ ހޯމަ ދުވަހު ފޮނުއްވާނެ ކަމަށް ވިދާޅުވިއެވެ. އެ ސިޓީ ލިޔެ ނިމިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. 2021 ވަނަ އަހަރު ކުރީގެ ރައީސް ނަޝީދަށް ހަމަލާދީފައިވަނީ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ މަޖީދީމަގުގައި ބަހައްޓާފައިވާ ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެން ގޮއްވާލައިގެންނެވެ. މިހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލަކީ 2019 ވަނަ އަހަރު ގަނެފައިވާ ސައިކަލެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް