ކ. މާލެ
|
29 ޖުލައި 2024 | ހޯމަ 13:48
ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާން
ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާން
އަލްޖަޒީރާ
ތުރުކީ އިން އިޒްރޭލަށް އަރާފާނެ ކަމުގެ އިޝާރާތެއް
ތުރުކީ އިން އިޒްރޭލަށް އަރާފާނެ ކަމުގެ އިޝާރާތެއް އުރުދުޣާން ދެއްވައިފި
އުރުދުޣާން އަކީ ގާޒާ ގައި އިޒްރޭލުން ހިންގާ އަނިޔާވެރި ހަމަލާ އާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.
ޚަބަރުގެ އޯޑިއޯ

ތުރުކީ އިން އިޒްރޭލަށް އަރާފާނެ ކަމުގެ އިންޒާރު އެ ގައުމުގެ ރައީސް ތައްޔިބް އުރުދުޣާން ދެއްވައިފިއެވެ. އޭނާ ވިދާޅުވީ އެކަން ތުރުކީން ކުރާނީ މީގެ ކުރިން ލީބިޔާ އަށް ވެސް އަދި ނަގޯނޯ ކަރްބާޚް އަށް ވެސް އެރި ފަދައިން ކަމަށެވެ.

ގާޒާ ގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމަ އަށް ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ ފާޑު ވިދާޅުވާ އުރުދުޣާން މި މޭމެރުމުން ވާހަކަ ދެއްކެވީ އާދިއްތަ ދުވަހު ތުރުކީގެ އަސްކަރީ ސިނާއަތުން ހޯދާފައިވާ ކުރިއެރުން ތަކާބެހޭ ގޮތުން ދެއްވި ތަގުރީރެއްގެ ތެރޭގައެވެ.

އުރުދުޣާން ވިދާޅުވީ، ތުރުކީން ބާރު ގަދަ ކުރަން ޖެހޭ ކަމަށާއި އޭރުން އިޒްރޭލަށް ބޭނުންހާ ގޮތަކަށް ކަންތައް ނުކުރެވޭނެ ކަމަށެވެ.

އަހަރެމެން ޖެހޭ ވަރަށް ވަރުގަދަވާން އޭރު އިޒްރޭލަކަށް ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް މި ހިންގާ ޖަރީމާ ތަކެއް ނުހިންގޭނެ، އަހަރެމެން އެރިން ކަރަބާޚް އަށް، އެއީ ހަމަ ލީބިޔާ އަށް ވެސް އެރި ގޮތައް، އިޒްރޭލަށް ވެސް އެހެން ހެދި ދާނެ

އުރުދުޣާންގެ އުފުން ޝަހަރުގައި، ވެރިކަން ކުރާ އޭކޭ ޕާޓީން އިންތިޒާމް ކުރި މި ޖަލްސާ ގައި ވިދާޅުވިއެވެ.

ތުރުކީގެ ގައުމީ ޓީވީން ވަގުތުން ދައްކަމުން ދިޔަ މި ތަގުރީރުގައި އުރުދުޣާން ވިދާޅުވީ އެކަން އެހެން ނުވާންވީ ސަބަބެއް ނެތް ކަމަށާއި، ތުރުކީގެ ބާރު ގަދަ ކުރެވިއްޖެ ނަމަ އެ މަގުން ފިޔަވަޅު ތައް އެޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

2020 ގައި ތުރުކީން ވަނީ ލީބިޔާ އަށް ސިފައިން ފޮނުވާފައެވެ. އެއީ އދ އިން މަދަދު ދީގެން އުފެއްދި ލީބިޔާގެ ސަރުކާރަށް އެހީތެރިކަން ދިނުމުގެ ގޮތުންނެވެ.

އަޒަރްބައިޖާނުގެ ނަގާނޯ ކަރްބާޚްގެ އަސްކަރީ އޮޕަރޭޝަން ގައި އަމަލީ ގޮތުން ސީދާ ރޯލެއް ތުރުކީން އަދާ ނުކުރާ ކަމަށް މީގެ ކުރިން އެ ގައުމުން ބުނެފައިވެއެވެ. އެހެން ނަމަވެސް ތުރުކީން މިދިޔަ އަހަރު ބުނެފައިވަނީ އަސްކަރީ އެހީތެރިކަމާ ތަމްރީން ގާތް ރަހްމަތްތެރި އެއް ގޮތުން ދިން ކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް