ކ. މާލެ
|
28 ޖުލައި 2024 | އާދީއްތަ 14:43
ރައީސް އޮފީހުގެ އޭރު ސީޓީއޯ ހާމިދު ޝަފީއު
ރައީސް އޮފީހުގެ އޭރު ސީޓީއޯ ހާމިދު ޝަފީއު
ރައީސް އޮފީސް
ހާމިދު ޝަފީއު ނިޔާވުން
ހާމިދު ޝަފީއު ނިޔާވުމާ ގުޅިގެން ރައީސް ސާލިޙުގެ ތައުޒިޔާ
ޝަފީއު ނިޔާވެފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި
ހާމިދަކީ ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ނަންފަވާލެވޭ ބޭފުޅެއް

ހއ. އިހަވަންދޫ ވައިޖެހޭގެ ހާމިދު ޝަފީއު ނިޔާވުމާއި ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ޝަފީއު ނިޔާވެފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އިންޑިއާގައެވެ.

އެކަމާ ގުޅިގެން ރައީސް ސާލިޙު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރ ހާމިދު ޝަފީޢު އަވަހާރަވުމާ ގުޅިގެން އާއިލާއަށް އިޚްލާޞްތެރި ތައުޒިޔާ ދަންނަވާ ކަމަށެވެ.

ރައީސް ސާލިޙު ވިދާޅުވީ، ހާމިދަކީ ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ނަންފަވާލެވޭ ބޭފުޅެއް ކަމަށާއި، އަދި އެދާއިރާއިން ޤައުމަށާއި ދައުލަތަށް ގިނަގުނަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ.

ހާމިދު ޝަފީއު އަކީ ސަރުކާރުގެ ފުރަތަމަ ޗީފް ޓެކްނޮލޮޖީ އޮފިސަރު (ސީޓީއޯ) އެވެ.

- ކޮމެންޓް