Advertisement
ކ. މާލެ
|
27 ޖުލައި 2024 | ހޮނިހިރު 19:32
ކަސްޓަމްސް އާއި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ކަސްޓަމްސް އާއި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
މަސްތުވާތަކެތި އަތުލައިގަތުން
މި އަހަރު އެކަނި 64 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވޭ - ކަސްޓަމްސް
މިއަހަރުގެ މިހާތަނަށް ކަސްޓަމްސް އިން މަސްތުވާތަކެތި އަތުލައިގަތް 44 ކޭސް ފާހަގަވެފައިވޭ

މިއަހަރުގެ މިހާތަނަށް ކަސްޓަމްސް އިން ބޯޑަރގައި ކުރި މަސައްކަތުން 64 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފިއެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންސް ޑިރެކްޓަރ, އެސިސްޓެންޓް ކޮމިޝަނަރ އޮފް ކަސްޓަމްސް މުހައްމަދު މަސީހު ވަނީ މި މައްސަލަތަކުގެ ބައެއް ތަފްސީލްތައް ހިއްސާކުރައްވާފައެވެ.

އެގޮތުން މިއަހަރުގެ މިހާތަނަށް ކަސްޓަމްސް އިން މަސްތުވާތަކެތި އަތުލައިގަތް 44 ކޭސް ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކަސްޓަމްސްގެ ބޯޑަރގައި މަސައްކަތްކުރާ ހުރިހާ އޮފިސަރުންނަކީ ވެސް ވަރަށް ކުޅަދާނަ ޤާބިލް އޮފިސަރުން ކަމަށެވެ.

Advertisement

އެގޮތަށް ފާހަގަކުރައްވާ ސަބަބަކީ ކަސްޓަމްސް އިން މަސްތުވާތަކެޔި އަތުލައިގަންނަމުން ދަނީ ކުރިއާލާ ލިބޭ މާ ބޮޑު މައުލޫމާތުތަކެއް ނެތި ކަމަށް ވުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ކަސްޓަމްސް މެދުވެރިކޮށް މަސްތުވާތަކެތި އެތެލައިގަނެވެނީ ރާއްޖޭގެ ބޯޑަރ އިން އެތެރެއަށް މަސްތުވާތަކެތި ގެނައުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވެނީ މުވައްޒަފުންގެ ޤާބިލްކަމުގެ ސަބަބުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މާބޮޑު މައުލޫމާތެއް ނުލިބި ފަސިންޖަރުން ގެންނަ ފޮށިތަންމަތިން އަދި މުދަލުގެ ތެރެއިން، އަތުލައިގަނެވެނީ ވަރަށް ކުޅަދާނަވެގެން އޮފިސަރުން
އެސިސްޓެންޓް ކޮމިޝަނަރ އޮފް ކަސްޓަމްސް މުހައްމަދު މަސީހު

ކަސްޓަމްސް އިން ވަނީ ރާއްޖޭގެ ބޯޑަރ ބެލެހެއްޓުން ހަރުދަނާކޮށް ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވަން އެ ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކޮށްފައެވެ. އެގޮތުން ކެޕޭސިޓީ ބިލްޑްކުރުމަށް ކަސްޓަމްސް އިން އިސްކަން ދޭކަން އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ. ދާދިފަހުން ކަސްޓަމްސް އިން ވަނީ ރާއްޖޭގެ ބޯޑަރުން އެތެރެވާ އުޅަނދުތައް މޮނިޓަރ ކުރަން 2 ޑްރޯން ލިބިފައިވާކަން ހާމަކޮށްފައެވެ. މީގެ އިތުރުން ޖަޕާނުން 85 ފޫޓުގެ އުޅަނދެއް ލިބޭނެ ކަމަށާއި، ޗައިނާ ސަރުކާރާއި މަޝްވަރާކޮށްގެން އަންނަ އަހަރުގެ ތެރޭގައި 2 އުޅަނދެއް ލިބޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ. ހަމައެހެންމެ އެމެރިކާއިން ވެސް އުޅަނދެއް ލިބޭނެ ކަމަށާއި، ޑްރޯންއެއް އެމެރިކާއިން ގެންނަން ނިންމާފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް