Advertisement
ކ. މާލެ
|
21 ޖުލައި 2024 | އާދީއްތަ 17:18
މަޖިލީހުގެ އާއްމު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
މަޖިލީހުގެ އާއްމު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
އާއްމު ކޮމިޓީ
ސުލޫކު ކޮމިޓީން ނިންމީ މެމްބަރުންނާއި މެދު ފިޔަވަޅު އެޅުމުގެ މެންޑޭޓް އިމްތިޔާޒް އާއި ސުލޫކު ކޮމިޓީ އަށް ނުދޭން
އިމްތިޔަޒާއި ސުލޫކު ކޮމިޓީގެ މެންޑޭޓާއި ގުޅޭ ގޮތުން އާދިއްތަ ދުވަހު އާއްމު ކޮމިޓީގައި ވަނީ މަޝްވަރާކޮށްފަ
އާދިއްތަ ދުވަހު ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުމުގައި ޕެޓިޝަން ކޮމީޓީގެ މަސްޢޫލިއްޔަތާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ

މަޖިލީހުގެ އިމްތިޔާޒު ކޮމިޓީ އަށް މަޖިލީހުގެ އިމްތިޔާޒުތަކާއި ސުލޫކާ ޚިލާފުވާ މެމްބަރުންނާއި މެދު ފިޔަވަޅު އެޅުމުގެ މެންޑޭޓް ނުދިނުމަށް މަޖިލީހުގެ އާއްމު ކޮމިޓީން ނިންމައިފިއެވެ.

އެގޮތަށް ނިންމީ އާދިއްތަ ދުވަހުގެ ކޮމިޓީގައެވެ. އެއީ ކުރީގައި ވެސް އެ ކޮމިޓީގެ މެންޑޭޓް އޮންނަ ގޮތެވެ. އިމްތިޔަޒާއި ސުލޫކު ކޮމިޓީގެ މެންޑޭޓާއި ގުޅޭ ގޮތުން އާދިއްތަ ދުވަހު އާއްމު ކޮމިޓީގައި ވަނީ މަޝްވަރާކޮށްފައެވެ. މަޖިލީހުގެ ކޮމިޓީތައް ހިންގާ ޤަވައިދުގެ 110 ވަނަ މާއްދާގެ (ކ) އަށް ކައުންސެލް ޖެނެރަލް ވަނީ ލަފައެއް އަރުވާފައެވެ. އެއީ ކުރިން ވެސް އޮތްގޮތަށް ސުލޫކާއި އިމްތިޔާޒާއި ޚިލާފުވާ މެމްބަރުންނަށް ފިޔަވަޅު އެޅުމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކާއި ބެހޭ ކޮމިޓީން މަޖިލީހުގެ ރައީސަށް ލަފާދިނުން ނުވަތަ އެ މެންޑޭޓް ކޮމިޓީ އަށް ދިނުމެވެ. އާއްމު ކޮމިޓީން ނިންމީ ކޮމިޓީގެ މެންޑޭޓަކީ ލަފާދިނުމުގެ ގޮތުގައި ބޭއްވުމަށެވެ. އެ ގޮތަށް ހަމަޖެއްސުމަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރުއެވެ.

އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ އިސްދޫ ދާއިރާގެ މެމްބަރު އިސްމާއިލް ޝަފީއުއެވެ. އެ ނިންމުން ފާސްކޮށްފައި ވަނީ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ. އާދިއްތަ ދުވަހުގެ އާއްމު ކޮމިޓީގައި ކުރިއަށް ގެންދެވި މަސައްކަތްތަކުގެ އިތުރު މަސައްކަތްތަކުގެ ތެރޭގައި މާލިއްޔަތު ކޮމިޓީ އާއި ޕެޓިޝަން ކޮމިޓީ އާއި ގުޅޭ ކަންކަން ހިމެނެއެވެ. އާއްމު ކޮމިޓީގެ މުޤައްރިރު ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއް ސައްތާރު މުހައްމަދު ވިދާޅުވީ ކޮމިޓީތަކުގެ ހިންގާ ޤަވައިދުގެ 112 ވަނަ މާއްދާ އަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ 90% އަކީ އިބާރާތްތަކަށް ބަދަލުގެނެސްފައިވާ ކަންކަން ކަމަށެވެ. މެމްބަރުން ވަނީ އެ ބަދަލުތަކާއި މެދު އިތުރަށް މަޝްވަރާކުރުމަށާއި އެހެން ޕާޓީތަކުގެ ޚިޔާލު ހޯދުމަށް ނިންމާފައެވެ.

Advertisement

އެ ކޮމިޓީގެ މެންޑޭޓުގެ ތެރޭގައި މާލީ ކަންކަމާއި ގުޅޭ ވުޒާރާ، އޮޑިޓަރ ޖެނެރަލްގެ އޮފީސް، ޗާޓަރޑް އެކައުންޓްސް މޯލްޑިވްސް އަދި އެމްއެމްއޭ ފަދަ ތަންތަން ހިންގާ ގޮތް ބަލާ މޮނިޓަކުރުން ހިމެނެއެވެ. އަދި އިދާރާތަކުގެ ޚަރަދުކުރަނީ ބަޖެޓާއި އެއްގޮތަށްތޯ ބެލުމާއި، މާލީކަންކަން ހިންގަނީ ޤާނޫނާއި އެއްގޮތަށްތޯބެލުމަކީ ވެސް އެ ކޮމިޓީގެ ޒިންމާއެކެވެ. ހަމައެެންމެ ދައުލަތުން ހިއްސާވާ ކުންފުނިތަކުގެ މާލީ ހިސާބާއި، އޮޑިޓަރ ޖެނެރަލްގެ އޮފީސް ފަދަ އޮފީސްތަކުގެ މާލީ ކަންކަން ދިރާސާކުރުމަކީ ވެސް އެ ކޮމިޓީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭކަމެކެވެ.

މީގެ އިތުރުން އާދިއްތަ ދުވަހު ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުމުގައި ޕެޓިޝަން ކޮމީޓީގެ މަސްޢޫލިއްޔަތާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އާއްމު ކޮމިޓީގައި ވަނީ ކައުންސެލް ޖެނެރަލް ދެއްވާވަފައިވާ ލަފާފުޅުތައް ކޮމިޓީ އާއި ހިއްސާކުރައްވާފައެވެ. އެގޮތުން ލަފާދެއްވާފައިވާ ކަންކަމުގެ ތެރޭގައި ޕެޓިޝަން ކޮމީޓީގެ މަސްޢޫލިއްޔަތު ހިމެނެއެވެ. ޕެޓިޝަން ކޮމިޓީގެ ޒިންމާތަކުގެ ތެރޭގައި ހުށަހެޅޭ ޕެޓިޝަންގެ ކަންކަން ދިރާސާކުރުމާއި، ޕެޓިޝަން އާއި ގުޅޭ އިތުރު ބަޔާނާއި ހެކި ހުށަހެޅުން، ޕެޓިޝަންގައި ހުރި ކަންކަން އިސްލާހުކުރުން އަދި ޕެޓިޝަންގައި ހުރި ކަންކަން ކުރިއަށް އޮތްތަނުގައި ހިނގިޔަ ނުދިނުމަށް ކުރެވިދާނެ ކަންކަން ހުށަހެން ހިމެނެއެވެ.

ޕެޓިޝަން ކޮމިޓީ އާއި ގުޅޭ މާއްދާގެ (ބ) އަށް ކައުންސެލް ޖެނެެރަލް ވަނީ ކޮމެންޓްކުރައްވާފައެވެ. އެއީ ޕެޓިޝަން ކޮމިޓީގެ ރިޕޯޓްގެ ބައެވެ. އެ ކޮމެންޓްގައި ވަނީ ގަވައިދުގެ 235 ވަނަ މާއްދާގެ ދަށުން ކޮމިޓީ ރިޕޯޓް ހުށަހަޅަން ޖެހެނީ މަޖިލީހުން ރިއާޔަތްކުރަން ޖެހޭ ކަމެއް ކޮމިޓީ ރިޕޯޓްގައި ހިމެނޭ ނަމަ ކަމަށެވެ. އާއްމު ގޮތެއްގައި އަމަލުކުރާ އުސޫލަކީ ރިއާޔަތްކުރަން ޖެހޭ ކަމެއް ނެތް ނަމަ ސިޓީ އަކުން އެކަން ހުށަހެޅުމެވެ. ކޮމިޓީން ވަނީ އެބައިގައި ހިމެނޭ ބައެއް އިބާރާތްތަކަށް ބަދަލުގެނައުމަށް ނިންމަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް