ކ. މާލެ
|
18 ޖުލައި 2024 | ބުރާސްފަތި 19:39
ޑާކާގެ ރާމްޕޫރާ ސަރަހައްދުގައި ފުލުހުންނާއި އަވާމީ ލީގުގެ ސަޕޯޓަރުންނާ ދިޔަ ހަމަނުޖެހުމުގެ ތެރޭގައި އަނިޔާވި މީހަކު ހޮސްޕިޓަލަށް ގެންދަނީ
ޑާކާގެ ރާމްޕޫރާ ސަރަހައްދުގައި ފުލުހުންނާއި އަވާމީ ލީގުގެ ސަޕޯޓަރުންނާ ދިޔަ ހަމަނުޖެހުމުގެ ތެރޭގައި އަނިޔާވި މީހަކު ހޮސްޕިޓަލަށް ގެންދަނީ
ރޮއިޓާސް
ބަންގްލަދޭޝްގައި މުޒާހަރާ ކުރުން
ބަންގްލަދޭޝްގެ ޔުނިވަރސިޓީ ދަރިވަރުންގެ މުޒާހަރާ ހޫނުވެ، 11 މަރު
ފުލުހުން ވަނީ މުޒާހަރާ ރޫޅާލުމަށް ކަރުނަ ގޭސް ޖަހާ އެތައް ބަޔަކު ހައްޔަރު ކޮށްފައެވެ. އެހެން ނަމަވެސް ޚަބަރުތައް ބުނާ ގޮތުގައި މަސްރަހު އަދިވެސް ދަނީ ހޫނުވަމުންނެވެ.

ބަންގްލަދޭޝްގައި ވަޒީފާ ދިނުމުގައި ގެންގުޅޭ ކޯޓާ ސިސްޓަމް އުވާލުމަށް އެ ގައުމުގެ ޔުނިވަރސިޓީ ދަރިވަރުން ފެށި މުޒާހަރާ ހޫނުވެ، މިހާތަނަށް 11 މީހުން މަރުވެ އެތައް ސަތޭކަ މީހުން ޒަޚަމްވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ސަރުކާރުން މުޒާހަރާގެ ބައިވެރިންނާ މަޝްވަރާ ކުރުމަށް ދިން ފުރުސަތު ބޭނުން ނުކުރާނެ ކަމަށާއި، ސަރުކާރު ހުއްޓުމަކަށް ގެންނާނެ ކަމަށް މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ބުނެފައެވެ.

މުޒާހަރާގެ ސަބަބުން ބަންގްލަދޭޝްގައި ހަމަ ނުޖެހުން ބޮޑުވެ މޮބައިލް ފޯނުގެ ބައެއް ޚިދުމަތްތައްވެސް ވަނީ ކަނޑާލާފައެވެ.

ފުލުހުން ވަނީ މުޒާހަރާ ރޫޅާލުމަށް ކަރުނަ ގޭސް ޖަހާ އެތައް ބަޔަކު ހައްޔަރު ކޮށްފައެވެ. އެހެން ނަމަވެސް ޚަބަރުތައް ބުނާ ގޮތުގައި މަސްރަހު އަދިވެސް ދަނީ ހޫނުވަމުންނެވެ.

ބަންގްލަދޭޝްގެ ޔުނިވަރސިޓީ ތަކުގެ ދަރިވަރުން ޖުލައި މަހުގެ ފުރަތަމަ ދުވަހު މުޒާހަރާ އަށް ސުލްހަވެރިކަމާއެކު ނުކުތީ ސަރުކާރުގެ ވަޒީފާ ދިނުމުގައި އަމަލު ކުރާ ކޯޓާ ސިސްޓަމް ދަމަހައްޓަން އެ ގައުމުގެ ކޯޓަކުން ހުކުމް ކުރުމާ ގުޅިގެންނެވެ.

މި ނިޒާމް އޮންނަ ގޮތުން 1971 ވަނަ އަހަރު ބަންގްލަދޭޝް މިނިވަން ވުމަށް ޕާކިސްތާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ބައިވެރިވި ސިފައިންގެ އާއިލާތަކަށް ނިސްބަތްވާ މީހުންނަށް ސަރުކާރުގެ ވަޒީފާތަކުގެ ތިން ބައިކުޅަ އެއްބައި ރިޒާވް ކޮށްފައި ބާއްވަން ޖެހެއެވެ. ޔުނިވަރސިޓީ ދަރިވަރުން ބުނަމުން ދަނީ އެ ނިޒާމުގެ ސަބަބުން ވަކި ބަޔަކަށް މަންފާވާ ކަމަށާއި ކޯޓާ ނިޒާމުގެ ދަށުން ވަޒީފާ ލިބެނީ ސަރުކާރުގެ ވެރިންނާ ގާތް މީހުންނަށް ކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް