ކ. މާލެ
|
13 ޖުލައި 2024 | ހޮނިހިރު 21:50
ޖަޕާންގެ ޚާރިޖީ ވަޒީރު ޔޯކޯ ކަމިކާވާ
ޖަޕާންގެ ޚާރިޖީ ވަޒީރު ޔޯކޯ ކަމިކާވާ
ރޮއިޓާސް
ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަތުން
ޖަޕާނުން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަނީ
ޓޯކިޔޯގައި ވަނީ އިޒްރޭލުން ގާޒާ ގައި ހިންގާ ހަނގުރާމަ އާ ދެކޮޅަށް އިހުތިޖާޖުތައް ބާއްވާފައެވެ.

ޖަޕާނުން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ގައުމުން ހާމަ ކޮށްފިއެވެ.

ޖަޕާން ގެ ވެރިރަށް ޓޯކިޔޯގައި އޮތް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޖަޕާންގެ ޚާރިޖީ ވަޒީރު ޔޯކޯ ކަމިކާވާ ވިދާޅުވީ، ޖަޕާން ސަރުކާރުން، ފަލަސްތީނުގެ ދިގުލީ މައްސަލައިގައި "ދެ ދައުލަތުގެ ހައްލު" ސިޔާސަތައް އެ ގައުމުން ތާއީދު ކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމް ކުރުމަށް ފަލަސްތީންގެ ރައްޔިތުން ކުރާ އުއްމީދުތައް ޖަޕާނަށް ގަބޫލު ކުރެވޭ ކަމަށާއި އަދި އެމަގުން ކުރާ މަސައްކަތްތަކަށް ޖަޕާނުން ތާއީދު ކުރާނެ ކަމަށެވެ.

ޖަޕާންގެ ޚާރިޖީ ވަޒީރު މި މޭރުމުން ވާހަކަފުޅު ދެއްކެވި އިރު، ގާޒާ ގައި ޔަހޫދީ ސިފައިން ހިންގަމުންދާ ލާއިންސާނީ ހަނގުރާމަ އާ ދެކޮޅަށް ޓޯކިޔޯގެ މަގުތަކުގައިވެސް ވަނީ އިހްތިޖާޖުތައް ބާއްވާފައެވެ.

މީގެ ކުޑަ ދުވަސް ކޮޅެއް ކުރިން އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް އަބުލް ޣީތު ވަނީ ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ޖަޕާނަށް ގޮވާލައްވާފައެވެ.

ޖަޕާނުގައި ބޭއްވުނު ފަސް ވަނަ ޖަޕާން-އެރަބް އިކޮނިމިކް ފޯރަމް ގައި ބައިވެރިވެ ވަޑައިގަތުމަށް ޓޯކިޔޯ އަށް ކުރެއްވި ދަތުރުފުޅުގައި އެރަބް ލީގުގެ ސެކްރެޓަރީ ޖެނެރަލް ޖަޕާންގެ ނޭޝަނަލް ޕްރެސް ކްލަބްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ނުހައްގުން ބިންތައް ފޭރިގަނެ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ އުދުވާނަކީ އާޚިރުގައި ނާކާމިޔާބުވާނެ ކަމެއް ކަމުގައެވެ.

އޭނާ ވިދާޅުވީ، އޮކްޓޯބަރ 7 ގައި "އޮޕަރޭޝަން އަލް-އަގްސާ ސްޓޯމް" ގެ ނަމުގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާ އަކީ 1967ން ފެށިގެން ނަސްލެއް ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ އުދުވާނުގެ ނަތީޖާ ކަމަށެވެ. އޭނާ ވިދާޅުވީ، ފަލަސްތީން ރައްޔިތުން އެމީހުންގެ އަމިއްލަ ބިމުގައި، މިނިވަން ދައުލަތެއް އުފައްދަން ކުރަމުންދާ މަސައްކަތް އޮއްބާލައި އެކަން ވިޔަ ނުދޭން އިޒްރޭލުން ގެންދަނީ ފާޅުގައި މަސައްކަތް ކުރަމުން ކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް